ފާފައެއް ކުރުމުގެ ކުރިން ތިން ކަމެއް ހަނދާންކޮށްލާށެވެ. ﷲ ސުބުހާނަހޫ ވަތައާލާ ތިބާގެ އަމަލުތައް ދެކެވޮޑިގަންނަވާކަން، މަލާއިކަތުން ތިބާގެ އަމަލުތައް ލިޔުއްވާކަން އަދި ކޮންމެ ވަގުތަކުވެސް ތިބާގެ ފުރާނަ ހިއްޕަވާފާނެކަމެވެ."

***

"ފައުންޑް އެންޑް ލޮސްޓް އަލްބަމްއަށް ކިޔަންވީ ކީއްވެތަ؟" އަލާޔާއާއި ސަލާރު ނިދަން އެނދުގައި އޮށޯވެލައިގެން ތިބިއިރު މަޑުމަޑު އައްޔަކުން ލޮލަށް ފިނިކަން ގެނެސްދެއެވެ."ފެނިގެއްލިދާ.....ސަލާރުއާއި އެނަން މާގުޅޭ އަސްލު. އަބަދުވެސް ފެނިފައި ގެއްލުނީވިއްޔަ.."

"ހަގީގަތުގައި އެ އަލްބަމްގައި އެއޮތީ މާޒީގައި އަހަންނަށް އަހަރެންގެ އާޒީން ގެއްލުނުގޮތް ކިޔާދީފައި. މިހާރު ލަވައެއް ހަދަން ވެއްޖެއްޔާ އިންނާނީ ލޮސްޓް އެންޑް ފައުންޑް........." ސަލާރު ބުމަ އަރުވައިލިއެވެ.

"ގެއްލި ފެނިދާ...."

"ހަހަ....."

"އަދި އެބައޮތް ވާހަކައެއް ބުނަން..."

"ޓެލް މީ....."

"ހައިޝަމް ދެކުނުގޮތުން އަހަންނަކީ ކުށްވެރިއެއް. އަހަންނާއި ސަލާރުގެ އޮތް ރިލޭޝަން އޭނައަށް އެނގުނީ. ކީއްވެހެއްޔޯ ކުރިން އެވާހަކަ ނުބުނީ. އޭނަ ހީކުރީޔޯ ވަރަށް އިނޮސެންޓް ގާލްއެއްކަމަށޯ. އަހަރެން ހުރިހާ ކަމަކަށް އެއްބަސްވީމަ ފޫހިވީޔޯ. އެކަމަކު މާޒީއަށް ފިލަންވެގެންނޯ އެބުނި އެއްޗެއްގެ މާނަ އަދިވެސް ނޭގޭ. ހީވަނީ ހައިޝަމް ވިލަންއަކަށް ވީ ކޮންމެވެސް އެހެން މީހެއްގެ ފޯލްޓަކުންހެން..." އަލާޔާ ބުނެލިއެވެ.

"ވަކި މީހަކާއިހެދި އެހާ ބޭޑް ޕާސަންއަކަށް ވާން ނުޖެހޭނެ. އެއީ ގިޔާމަތް ދުވަހު ދެއްކޭނެ އެކްސްކިއުޒެއްނޫން. އެމީހަކަށް ވިސްނުން ދެއްވީ ދިމާވާ ކޮންމެ ކަމަކީ އިމްތިހާނެއްކަމަށް ދެކި އެކަމުން އަރައިގަނެ ހިތްވަރުކޮށް ދިރިއުޅުމާއިގެން ކުރިއަށް ދާން......"

"ލައިކް ޔޫ....." ސަލާރު އަލާޔާގެ ލޮލަށް ބަލަހައްޓައިގެން އޮވެ ހިނިތުންވެލިއެވެ." ޔޫ އާ މައި އިންސްޕިރޭޝަން. ތިހާ ސްޓްރޯންގް ގާލްއެއް ނުދެކެން..."

"އެންމެ ލޯބި ކޮމްޕްލިމެންޓް...." އަލާޔާގެ ދެލޯވެސް އުފަލުން ދިއްލުނެވެ.

ދެމީހުން ކޮންމެ ރެއަކު ނިދަނީ ތަހައްޖަދު ނަމާދަށް ތެދުވާން އަޒުމް ކަނޑައަޅައިގެންނެވެ. ތެދުވާން އެލާމްއަކަށްވެސް ފަހުން ބޭނުމެއްނުވެއެވެ. ގަޑިއަށް ހޭލެވެއެވެ. އަލާޔާ ގުރުއާން ދަސްކުރުމުގައި އަވަދިނެތި އުޅޭއިރު ސަލާރު ގުރުއާން ރީތި ރާގަކަށް ކިޔަވަން މަސައްކަތްކުރެއެވެ. އޭނަ އެންމެ ލޯބި ޖެހުނީ ރަހުމާން ސޫރަތަށެވެ. ގިނަގިނައިން ކިޔެވުމުގެ ސަބަބުން ދަސްކުރުމުގެ ނިޔަތް ނެތި އެ ސޫރަތް ދަސްވިއެވެ. އަލާޔާއަށް ކުރީކޮޅު ބައެއް ސޫރަތް ދަސްވުމުގައި ދަތިތަކެއް މެދުވެރިނަމަވެސް ފަހުން ފަސޭހަވާންފެށިއެވެ. ގުރުއާނަށް ޖެހުނު ލޯތްބެއްގެ ސަބަބުން އެކަނި ހުންނައިރުވެސް ބޮލުތެރޭ އެނބުރެނީ ގުރުއާނުގެ ކޮންމެވެސް އާޔަތެކެވެ. އަބަދުހެން ކިޔެވެނީވެސް ކޮންމެވެސް އާޔަތެކެވެ.

***

ދުވަސްތައް ފާއިތުވަމުން ގޮސް ހަނާ ޗުއްޓީގައި ލަންޑަނަށް ދާން ޖެހުނެވެ. ހައިޝަމް ބަލާ އައުމުން އޭނައާއެކު ހަނާ ފޮނުވާލާފައި އަލާޔާ ވަޒީފާއަށް ދިޔައީ މާތްﷲއަށް ވަކީލުކުރަމުންނެވެ. އޭނަގެ ހެޔޮދުޢާތަކާއެކު ﷲއަށް ކުރި އިތުބާރުގެ ސަބަބުން ދަރިފުޅު ސަލާމަތުން އެނބުރި އަންނާނެކަމުގެ ޔަގީންކަން ގާތްގަނޑަކަށް އޮތެވެ.

***

އަލާޔާއާއި ސަމަރު އަދި ރަދްވާ ޑިއުޓީ ނިންމާލާފައި ގެއަށް ވަންއިރު ލިބުނު ސަޕްރައިޒަކުން އެންމެންގެ މޫނަށް މަސްހުނި ކުލަވަރުތައް ވެރިވެގެން ދިޔައެވެ. ސޯފާގައި އައިމަލް އާއި ލޫތު ކޮފީ ބޯން ތިބިއިރު ހަނާ އައިމަލްގެ އުނގުގައި ބޯ އަޅާލައިގެން ނިދިފައެވެ.

"އައިމަލް ކީއްކުރަން ތިއައީ؟ ކޮބާ ހައިޝަމް..."އަލާޔާއަށް އަހައިލެވުނެވެ.

"އަހަރެން މިކޮޅުން ޖޮބް ލިބިގެން ބަދަލުވީ.އެހެންވެ ހައިޝަމް ބިޒީވީމަ ހަނާ އަހަންނާއެކު ފޮނުވީ...."އައިމަލްގެ ނަޒަރު ހުއްޓުނީ ސަމަރުގެ މޫނަށެވެ. ސަމަރުވެސް ހުރީ ލޯބޮޑުކޮށްލައިގެންނެވެ.

"ކޮބާ ޝެނަންއާއި ހަކާން؟"

"އުޅޭނެއްނު. ކީއްވެ ތިހާ އިންޓެރެސްޓާއެކު އެހީ؟" އައިމަލްވެސް ކުރީ ސުވާލެކެވެ.

"މިރަށަށް އަޔަސް ދެން ކުރިންހެން އޮޅުވާލައިގެނެއް ނޫޅެވޭނެ. ސަބަބަކީ އަހަރެމެން ރުގުޔާއާއި ބެހޭގޮތުން އެވެއާނެސް ޕްރޮގްރާމެއް ފަށައިފިން. ޔޯ ޑޭސް އޮފް ފްލާޓިން އިޒް އޯވާ. އަހަރެމެންގެ ބެޓްލް ފެށިއްޖެ. ރަޝިއާއާއި ޔުކްރޭނުގެ މިސާލުން ފިލާވަޅެއް ނަގާ. ދުނިޔޭގައި އޮތް ނިއުކްލިއާ އެންމެ ވަރުގަދަ ބާރާއި ޖެހުމުންވެސް ޔުކްރޭން ކުރާ ހިތްވަރު ބަލައިލަބަލަ........."

އައިމަލް ހޭންފެށިއެވެ.

"ބައެއްފަހަރު އެބަޔެއްގެ ފުރިހަމަ ބާރު ނުދައްކާކަން އަލާޔާއަށްވެސް ނޭގުނު. ހުރިހާ އިންސާނުން ފަނާކޮށްލާނެހާ ބާރު ރަޝިއާގައި އެބަހުރި. އެކަމަކު އެހިސާބަށް ދާއިރު މިލިއަނުން ފަނާވެ އެތައް ގެއްލުންތަކެއްވާނެތީ އެންމެންވެސް އެވަރު ވިސްނާނެ ދޯ. އެންމެ ރަގަޅުގޮތަކީ ކުޑަ ކުދިން ބޮޑެތި މީހުން ބުނާގޮތް ހެދުން..ރަޝިއާ ބުނާގޮތަށް ޔުކްރޭން އަމަލުކުރިނަމަ އެހެނެއް ނުވީސް.އޭރުން އެއްވެސް މައްސަލައެއް ނުޖެހި ހަގުރާމައެއް ނުހިގާ ކުޑަ ކުޑަ ޔުކްރޭނަށް އަމަން އަމާންކަމާއެކު އުޅެވޭނެ..އެންމެންވެސް ބޭނުންވަނީ ބާރު ލިބުނީމަ އެއަށްވުރެ ވަރުގަދަވާން...." އައިމަލް ބުމަ އަރުވައިލިއެވެ.

"ދެއާސް އޮންލީ ވަން ކިންގް. ދަ އޯލްމައިޓީ. އެހެން އެންމެނަކީ އެފަރާތުގެ އަޅުތަކުން. ކިރިޔާ ބާރެއްލިބުނީމަ ބޮޑާވެގެން ވެރިކަން ކުރެވުނަސް މާ ގިނަ ދުވަހަކަށް ވެރިކަމެއް ނުކުރެވޭނެ. ކޮންމެވެސް ދުވަހެއްގައި އޯލްމައިޓީގެ ހަޟުރަތުގައި ނިކަމެތިކަމާއެކު ތިބޭނެ................" އަލާޔާވެސް ބުނެލިއެވެ." އެކަމަކު ކީއްވެ މިތަނުން އެހާ ވަރުން އަނެއްކާ ޖޮބް ހޯދީ؟ ކުއިޓްކޮށްފައި."

"މިތަނުގައިވެސް ޚާއްސަ ފަރާތެއްވީމަ ނު...."

"އެއީ ކާކުތަ؟" އަލާޔާ ޝައުގުވެރިވިއެވެ.

"ހަނާވެސް ވެދާނެއްނު. މަގޭ ބޭބެގެ ދަރިއެކޭ އެވެސް.."

ސަމަރުއަށް ލިބުނު ޝޮކް ފިލާ ދިޔުމުން އަވަސް ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރިއަށްވަދެ ތަޅުލައިފިއެވެ. އޭނަ އައިމަލްއާއި ނުލާ ދިިރިއުޅުމުގެ އާ ދުވަސްތައް ގުނަން ހޭނުނުތަނާ އަނެއްކާވެސް ހަމަ ގެއްލިފައި އެ ފެނުނީއެވެ.މިއީ ކޮންފަދަ އިމްތިހާނެއް ހެއްޔެވެ؟ އޭނަގެ ކުރިމަތީގައި އައިމަލް މާބުރެއްހެން އެނބުރެންޏާ އޭނައަށް ނުފެންނަކަމަށް ހެދިގެން ހުރެވޭނެހެއްޔެވެ؟ ސަމަރުއަށް އެނދުގައި އިށީދެލެވިއްޖެއެވެ.

އެކަމަކު ދުނިޔޭގެ ހުރިހާކަމެއް ހިނގަމުންދަނީ ލައުހުލް މަހުފޫޒްގައި ލިޔުއްވާފައިވާ ގޮތަށެވެ. މިހުރިހާ ދުވަސްތަކެއްވާންދެން އެންމެން އުޅުނީ ކޮވިޑްގެ ޕެންޑެމިކްއިން ނޭރިގެންނެވެ. އެކަން ނިމުމަކަށް އައިއިރު ދުނިޔޭގެ ތިންވަނަ ބޮޑު ހަގުރާމަ ފެށުމުގެ ކޮޅުމަތީގައެވެ. ރަޝިއާ ޔުކްރެއިންގެ ހަގުރާމަ ނިމިގެންދާނެ ގޮތާއި އަންނާނެ ކުއްލި ބަދަލުތައް ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ. އޭނައާއި ދަންނަ ގިނަމީހުންގެ ތާއީދު އޮތީވެސް ގިނަ ސަބަބާއިހުރެ ރަޝިއާއަށެވެ. ސަބަބަކީ އެމެރިކާއާއި ހުޅަނގުދެކެ ފެށުނީއްސުރެ ހިތުގައި އުފެދިފައިވާ ނަފްރަތެވެ. އެކަމަކު ހައްގުގޮތުގައި ތިބި މުސްލިމުންވެސް ތިބީ އެމެރިކާގެ އަޅުވެތިކަމުގައި ފިތިފައެވެ. މުސްލިމުންނަށް އެއްވެސް ބާރެއް ނެތެވެ. އޭގެ ހިކުމަތްވެސް ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ. ޔަގީންވަނީ އާޚިރުގައި ކާމިޔާބުވާނީ މުސްލިމުންނަށް ކަމެވެ. މުސްލިމުން އެއްބައިވާނެ ދުވަހެއް އަދި ދުނިޔެ ދެކޭނެއެވެ.

***

ކޮޓަރީގެ ދޮރުގައި ޓަކި ދިން ގޮތުން އައިމަލްކަން އެނގި ސަމަރު ދޮރު ނުހުޅުވާން ނިންމިޔަސް އޭނަގެ ޟަމީރު އެންގީ އައިމަލް ބުނާ އެއްޗެއްގެ އަޑު އެހުމަށެވެ. ވަޒީފާއެއް ހޯދައިގެން މިރަށުގައި އުޅެން އެ ބުނީ ސަމާސާއަކަށް ވެދާނެއެވެ. ތެޅިތެޅިވާ ހިތަކާއެކު ސަަމަރު ދޮރު ހުޅުވާލައިފިއެވެ.

"ކެން އައި ކަމް އިން..." އައިމަލް ހުއްދައަށް އެދުނެވެ.

"އޮފް ކޯޒް..." ނޫނެކޭ ބުނަން އުޅުނަސް އޭނަގެ ދުލުން ބުނެވުނީ ހިތާއި އަރައިރުންވި ލަފުޒުތަކެވެ.

"ސޯ ވީ މީޓް އެގެއިން..ސަމަރު އާ ޔޫ އޯކޭ؟" އައިމަލް އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލަމުން ސުވާލުކޮށްލިއެވެ.

"އަލްހަމްދުލިﷲ..."

"އައި ކޭމް ހިއާ ފޯ ގުޑް. ޝެނަން އޭނަގެ ލޯބިވެރިޔާއާއި ދަރިފުޅުގެ ބައްޕަގެ ގާތަށް ހިނގައްޖެ......." އައިމަލް އެތަނުގައި ހުރި ސޯފާގައި އިށީދެފައި ނިތްކުރީގައި ފިރުމައިލިއެވެ.

"ތިބުނީ؟ ހަކާންއަކީ އައިމަލްގެ ދަރިއެކޭ ބުނީމެއްނު. އެހެން ކުއްޖެއްވެސް ހުރީތަ؟"

"ހަކާންއަކީ އަސްލު މަގޭ ދަރިއެއްނޫން. އެއީ އަހަރެންގެ ބޭބެ ހައިޝަމްގެ ދަރިއެއް. ޝެނަންއާއި ބޭބެގެ ލޯބީގެ ގުޅުމެއް އޮންނަކަން އެނގުނުއިރު އަހަންނަށްވަނީ ޝެނަންއާއި މެރީކުރެވިފައި. ޝެނަންއަށްވެސް އަސްލު ބޭބެ ބިޓްރޭ ކުރީ އެހެންވެ ރިވެންޖް ނަގަން އަހަންނާއި މެރީކުރީ. އޭރު އަހަންނަށްވެސް އޭނަދެކެ ލޯބިވެވުނީ އެހެންވެ ދޫކޮށްލާކަށް ބޭނުމެއްނުވި. އެކަމަކު މައްސަލައަކަށްވީ ބޭބެގެ ޑާކް ސައިޑް. ޝެނަން ފަހަރިއެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި ބޭބެގެ ސިއްރު ގުޅުން ފަޅާ އެރުމުން އަހަރެން ގަސްތުކުރީ ބޭބެގެ ކުރީގެ އަންހެނުން ހޯދައިގެން ރިވެންޖް ނަގަން. އެކަމުގެ ތެރޭގައި ހަނާދެކެވެސް ކުރިން ރުޅި އާދެވުނު. ފަހުން ހަނާ ގޮވައިގެން ބައްޕަ ގާތަށް ގެންދިޔައީ ބައްޕަ އުފާވާނެތީ. ފަހުން ހީކުރެވުނީވެސް ބޭބެ ދުނިޔޭގައި ނެތްކަމަށް އެހެންވެ މާޒީ ހަނދާން ނައްތާލާފައި ޝެނަންއާއިއެކު ރަގަޅު ހަޔާތެއް ވޭތުކުރަން ނިންމީ. ނަމަވެސް އަލުން ސަމަރުއާއި ބޭބެ ހަޔާތަށް އައުމާއެކު އެއީ ނުވާނެކަމެއްކަން އެނގުނު. އަމުދުން ހަކާންއަކީ އަހަރެންގެ ލޭ ނޫންކަން އެނގުމުން ހިތް ހަލާކުވި. ކޮންމެއަކަސް އަހަރެން މިއައީ ޝެނަންއާއި ހަކާން ބޭބެއާއި ހަވާލުކޮށްފައި މާފުވެސް ދީފައި. ސަބަބަކީ ހުރިހާ ކަމެއް ހިތުން ފިލުވުމުން ނޫނީީ ދިރިއުޅުމާއިގެން ކުރިއަށް ދާން ފަސޭހަ ނުވާނެތީ. ބޭބެއަށް މާފުދިނަސް އެގޭގައި އުޅުން ފަސޭހަނުވާނެތީއާއިއެކު ދުރަށް މިއައީ. އަހަންނަށް ސަމަރުއާއި ދޭތެެރޭ ވަރަށް ނިކަމެތިކޮށް ކަންތައް ކުރެވުނީ. އަހަންނަށް އަލުން އެންމެ ފުރުސަތެއްދީ. އެހުރިހާ ނިކަމެތިކަމަކާއި ދެރައެއް ހަނދާން ނެތޭވަރުކުރަން މިހިރީ ތައްޔާރަށް....ޕްލީސް........"އައިމަލްގެ ލޯ ކަރުނުން ފުރުނެވެ.

ސަމަރުއަށް އެ އަތުގައި ހިފައިލެވުނީ ބޭ އިޚުތިޔާރުގައެވެ.

އޭނަގެ ހިތުގެ މައްޗަށް ބާރެއް ނުފޯރުވުނެވެ. އޭނަ އައިމަލްގެ ކޯތާފަތް މަތިން ދަތުރުކުރި ކަރުނަތިކި ފޮހެލަދިނެވެ.

"އެހުރިހާ ކަމަކާއިއެކުވެސް މިހިތުގައިވި ލޯބި ފަނޑެއްނުވި. ﷲއަށް ހަމްދުކުރަން..މިއަދު އެނގުނީ ދުޢާ ކުރަންޏާ ކޮންމެވެސް ދުވަހަކުން އިޖާބަކުރައްވާނެކަން......" ސަމަރުގެ ލޮލުގައި ވި ކަރުނަތައް ފޮހެލިއިރު އެހިތުގައި ކަނިލަމުން ދިޔަ އިތުބާރާއި ލޯބީގެ ހުޅުކޮޅު ގަދަވެ ހުޅުދާންކޮށްލިގޮތަށް މޫނުން އެރަތްކުލަ ފާއްދާލައިފިއެވެ.

"ސޯ........"

"ލެޓްސް ސީ....." ސަމަރުއަށް ހެވުނެވެ.

***

"އަލާޔާ......ލޫތު އަހަންނަށް ޕްރޮޕޯސްކޮށްފި..."ރަދްވާ ލޯ ބޮޑުކޮށްގެން އިނދެ އަނގަމަތީގައި އަތްއެޅިއެވެ.

"ދޮގެއް ތީ..."އަލާޔާ ޔަގީންކުރިއެވެ.

"ދޮގެއް ނޫން. ހުވާ. ﷲ ގަންދީ މަތިމައްޗަށް ހުވާކުރަން. މިހާ ފޫހިވާއިރު އޭނަ އެވަރު ބޮޑުކަމަކާއި ޖެއްސީ ކީއްވެތަ؟ ދެން މަ ވީ ދުނިޔޭގެ ލަދަށް އާއެކޭ ބުނަން؟" ރަދްވާ ދެކޮޅަށް ހިނގަންފެށިއެވެ.

"މަވެސް ރަގަޅަށް ލޮލުން ތަރި ބުރައިފި. އެ ޝޭޚަށް ރަދޫގެ ކޮންކަމެއް ފެނިގެންތަ؟ އެކަމަކު އެއީވެސް މީހުންގެ މަސްކައި އުޅޭ ވަލްޗާއެއްވެސް ނޫން. ގަދަރުވެރި ރަގަޅު އިންސާނެއް......" އަލާޔާ އުކުޅުގައި އަތް ވިއްދައިލިއެވެ."ރަދޫ އިސްތިޚާރާކޮށްލަންވީނު. ކަމަކަށް ޑިސައިޑްކޮށްފައި އިސްތިޚާރާކުރުމަކީ އެންމެ ރަގަޅުގޮތް."

"އެންމެ ރަގަޅު..ތިހެން ހަދާނީ.." ރަދްވާ އަލާޔާގެ ގައިގާ ބައްދައިލިއެވެ."ތެންކިއު ލަވް........"

***

ލޫތުއާއި ރަދްވާގެ ކައިވެނީގެ ވަލީމާގައި ބައިވެރިވުމަށްފަހު ސަލާރުއާއި އަލާޔާ އަތު ގުޅުވާލައިގެން ގޮސް ރެކިދައްތަމެންގެ ކުޑަ "ކަޑާ"އިން ހެދި ބިލެތްގަނޑެއް ގަނެލައިގެން ދުފަމުން ދިޔައިރު އެއްވެސް ފިކުރެއް ޚިޔާލެއްނެތް ފަދައެވެ. ތުނިކޮށް ވެހެމުންދިޔަ ވާރޭ ބޯކޮށްލުމުން ތެމިލައިގެން ގޮސް ގެއަށް ވަދެވުނުތަނާ ހިތާމަވެރި ޚަބަރެއްލިބުނެވެ. ސަމަރު ބަނޑުގައި ރިއްސައިގެން ހޮސްޕިޓަލަށް ގެންދިޔައީއެވެ. ދެމީހުން ތެތްހެދުން ބަދަލުކޮށްލުމަށްފަހު އަވަސްވެގަތީ ސަމަރުގެ ހާލު އޮޅުން ފިލުވަން ހޮސްޕިޓަލަށް ދިޔުމަށެވެ.

އަލާޔާމެންނާއި ދިމާވީ އައިމަލްއެވެ.

"ޑޮކްޓަރ ބުނީ ބޭބީގެ ހާޓްބީޓް ނުލިބޭކަމަށް..."އައިމަލްގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ. އަލާޔާ ދެލޯ ރަގަޅަށް ހުޅުވާފައި އަރިވެލާފައި އައިމަލްގެ މޫނަށް ބަލައިލިއެވެ. ދެއްކުންތެރިކަމުގެ ކަރުނަ ތިއްކެއްތޯ ދާދި ކައިރިން ސައުފުކޮށްލަން ބޭނުންވީއެވެ. ކިބޫ ކަރުނަތިއްކަކާއި ވައްތަރެއްނުވިއެވެ. އައިމަލްގެ މޫނަކީ ހިތާމައިގެ ދިރިހުރި ތަސްވީރެކެވެ.

"إِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ, " އަލާޔާ ސަލާރުގެ ކޯތާފަތުގައި މަޑުމަޑުން ފިރުމައިލިއެވެ."ޑޯންޓް ކްރައި އިނގޭ. ސަމަރު އަށް އަދި ބައިވަރު ކުދިން ލިބޭނެ އިންޝާﷲ. ﷲގެ މިންވަރުފުޅަށް ރުހުމާއި ކެތްތެރިކަމަކީ މުއުމިނުންގެ ސިފައެއް. އަހަރެމެން ކެތްތެރިމީހުންނަށް ވާންޖެހޭނެ. ﷲ ވޮޑިގެންވަނީ ކެތްތެރިންނާއެކު. އަހަރެމެން ހިތްވަރު ގެއްލުވައިފިއްޔާ ސަމަރުއަށް ވާނީ ކިހިނެއްތަ؟ "

ސަމަރުއަށް ދަރިފުޅުގެ މަރުގެ ޚަބަރު އިވުމުން އަސަރު ކުރިނަމަވެސް ހިތްވަރުކުރިއެވެ.

"ޑޮކްޓަރ ބުނީ ސްޓްރެސްގެ ސަބަބުންނޯ މިސްކެރިޖްވީ. އެހެންވީމަ ދެން ފަހަރަކުން ރަގަޅުވާނެ އިންޝާﷲ.." ސަމަރުގެ ކަރުނުން ފުރުނު ލޮލުގައި އުއްމީދުގެ ވިދުމެއްވިއެވެ.

***

ޔަނާ އޭނަގެ ލަވްބާޑެއް ފަންކާގައި ޖެހި ފިޔަގަނޑުން ލޭ އޮހެމުންދަނިކޮށް ސަލާރުގެ ކްލިނިކަށް ގެންދިޔައެވެ. ސަލާރުއަށް އެހީވެދޭން އަބްދަލްވެސް އަތަށް އަންގިއެއް ލައްވައިގެން މާސްކުއަޅައިގެން ހުރެފައި ދޫނި އަތުލިއެވެ.

"މި ދޫނި ރަގަޅުވާނެތަ ޑޮކްޓަރ ސާހަބް.."

"އަޅުގަނޑު ޑޮކްޓަރ ނެތި. އެސިސްޓެންޓް ވައްތަރު."އަބްދަލް އަވަސްއަވަހަށް ބުނެލިއެވެ. ސަލާރު ވަރަށް ލޯތްބާއެކު ދޫނި ނެގިއެވެ."ތެދެއް ދޫނި؟ ކީއްވެ މަންމި ބަސްނާހާ އުދުހުނީ؟ ދެން އެހެން ނަހަދައްޗޭ. މިފަހަރު ލޯބި ރަގަޅުވާނެ އިންޝާﷲ. ސޯ ކިއުޓް. ސޯ ސްވީޓް.....ބޭސް އަޅާލަމާ ހިނގާ" ސަލާރު ދޫނީގެ ތުންގަނޑަށް ދޮނެއްދިނެވެ. ޔަނާއާއި އެކުވެރިންނަށް އެހާ ލޯބި މަންޒަރެއް ގަރުނަކަށް ތިއްބަސް ނުފެންނާނެކަމުގައި ހީވިއެވެ. އެއްކުއްޖަކު ސިއްރުން ވީޑިއޯވެސް ކުރިއެވެ."ވަޓްސް ޔޯ ނޭމް ޑާލިން...."ސަލާރު އެހިއެވެ.

"އަޅުގަނޑު.....ޔަނާ...." ޔަނާ ތުއިވެލިއެވެ.

"ނޫން. މި ދޫނީގެ ނަމޭ...."ސަލާރު ގެ ޖުމްލައިން ޔަނާ ލަދުންގޮސް މޫނު ރަތްވެ އަނގުރުކޮޅަކަށްވިއެވެ. ފޮނި ސަލާރުގަނޑު އެންމެން ތެރޭ އޭނަ ލަދުގަންނަވާލައިފިއެވެ. އެވަގުތު ހަނާ އޭނަގެ ބުޅާ އުރާލައިގެން ވެކްސިން ދޭން ގެނައުމުން ބުޅާ ނަގައިގެން ހުރެވެސް އެހާވަރަށް ދޮންދިނެވެ. އިންސާނަކާއި ވާހަކަދައްކާނެހާ ލޯބިން ވާހަކަދެއްކިއިރު ހަނާއާއި އަލާޔާވެސް ނިކަން މަޖާވެލާފައި ގާތުގައި ތިއްބެވެ. އަލާޔާ ޔަނާއާއި އެކުވެރިކޮށް ވާހަކަދެއްކިއެވެ.

"އަހަންނަށްވެސް މިއަދު ވެޓްއިންގެ މުހިއްމުކަން އިހުސާސްކުރެވިއްޖެ. މި ކްލިނިކް މަޝްހޫރުވާނެ ކޮންމެފަހަރަކު ވީޑިއޯކޮށްފައި ޗެނެލްއަށް ލައިބަލަ. ޑޮކްޓަރ ސަލާރު އިންސާނުންނާއި ވާހަކަދައްކާހެން ބުޅަލާއި ދޫންޏާއި ވާހަކަދައްކާގޮތް ހަމަ ވަރަށް ކިއުޓް. މަޖާ.........."

"ޔަނާ. ދެން މިހާރު ވެޓުންގެ ފަންކާއަކަށް ވީތަ؟"

"އެސިސްޓެންޓްގެ ފަންކާއަކަށް ވެއްޖެ..." ޔަނާ ހީގަންނަމުން ބުނެލިއެވެ."މިހާ ބޮޑު ބޮޑު ދެލޮލާއިއެކު އަތަރުވަހުން ހިތް ކިޔައިފި.ދެން ގިނަގިނައިން އަންނަންވާނެ ދޯ. ކޮބާ އަބްދަލް....ކޮން ވައްތަރު ޕަފިއުމް ތި ލަނީ؟ ހިތް ފުރިއްޖެ........."

ޔަނާ މިފަހަރު "ފްލާޓް"ކުރަން ފެށިގޮތުން އަލާޔާ ކަންބޮޑުވިއެވެ.

"ޔަނާ ހެދުން ފަދައިން ހިތް ބަދަލުނުކޮށްބަލަ އެފަކީރުގެ ހިތް ހަލާކުވާނެ...."

"މަ ވަރަށް ދީލަތިވާނެ. އަދި އެހާ ހިތްހެޔޮވާނެ. ކަންބޮޑުނުވޭ...." ޔަނާ ދޫނި ކޮށްޓަށް ލައިގެން ދާން ހިނގައިގަތެވެ. އަބްދަލްއަށް އެއް ލޯ މަރައިލުމުން އޭނަ ހުރީ އެސްފިޔަޖަހައިލަންވެސް ނޭގިފައެވެ.

***

އައިމަލްއާއި ސަމަރުގެ ކައިވެންޏަށް އޭނަގެ ބައްޕައާއި ދޮންމަންމަ އަދި ބޭބެއާއި އާއިލާވެސް ރަށަށް އައެވެ. ކައިވެންޏަށްފަހު ޕާޓީ ބޭއްވީ ރިޒޯޓެއްގައެވެ. ހައިޝަމްއާއި ޝެނަން އަދި ހަކާން އެއް އާއިލާއެއްގެ ގޮތުގައި ފެނުމުން ތަފާތު އިހުސާސްތަކެއް ކުރެވުނަސް އައިމަލް މާޒީ ހަނދާން ނައްތާލާފައި ހިނިތުންވުމާއެކު އެންމެނަށް މަރުހަބާކިއެވެ. ސޫފިޔާނާގެ މޫނުމަތީގައި ހުންނަ ރޫތައް ފިލާ ސީރިޔަސްކަން ކެނޑި ސަމާސާގެ ކުލަވަރުވެސް ފެނުނެވެ. އަލާޔާއާއި ސަލާރު ގެ ގާތުގައި ކާން އިށީދެ ވާހަކަދެއްކިއެވެ.

"އަލާޔާ. ސަލާރުގެ އުމުރު ދުވަހުވެސް މިހާ އުފަލުން ހުއްޓާ ނުދެކެން. އެފަދަ ބަދަލުތަކެއް ގެނެސްދިނުމުގައި މެދުވެރިއަކަށްވި މީހަކީ އަލާޔާ. އެކަމާ ވަރަށް ހިތްހަމަޖެހިއްޖެ. މިއަދު މި ހިތުގައި އެއްވެސް ޝަކުވާއެއް ކިލަބުކަމެއްނެތް. ހެވަންގައި މާ ކުރިއްސުރެ ސަލާރުއާއި އަލާޔާގެ ނަން އެކީގައި ލިޔެވުމުގައި ސަބަބެއް އޮންނާނެ. މާތްﷲ ރަހުމަތް ލައްވާށި. މަންމަގެ ހެޔޮ ދުޢާ ދެކުދިންނާއިއެކީ އަބަދުވެސް ވާނެ...." ސޫފިޔާނާ އަލާޔާގެ ބޮލުގައި ފިރުމައިލިއެވެ.

"ތެންކިއު ސަލާރު މަންމަ.." އަލާޔާވެސް ކުޑަކޮށް ބައްދައިލިއެވެ.

ސޫފިޔާނާ އަލާޔާގެ މަންމަ ޒުލޭޚާއާއިވެސް ވާހަކަދެއްކިއެވެ. އެތައް ޒަމާނުއްސުރެ ދެކެ ފަރިތަ ދެ މިތުރުން ފަދައިން ހީހީފައި ވާހަކަދައްކަމުން އެކީ ކާން ތިބިތަން ފެނިފައި އަލާޔާގެ ލޯ ތެމުނީ ޖަޒުބާތުގެ ސަބަބުންނެވެ. އެއީ ދުނިޔޭގެ ކަން ހިނގާ އުސޫލެވެ. ދުޝްމިނުންވެސް ކުއްލިއަކަށް އެ ނުބައިކަމުން ފުރިގެންވީ ފާރު ވައްޓާލާފައި އެކަތިގަނޑަކަށް ވެދާނެއެވެ. ހަމަ އެފަދައިން ޒަމާންވީ އެކުވެރިންވެސް ދިމާވާ ކުޑަ ކަމަކުން އަބަދަށްޓަކާއި ކެނޑިގެން ހިނގައިދެއެވެ.

***

މަހާ ސްކޭން ހެދިއިރު އަލާޔާވެސް ގާތުގައި ހުއްޓެވެ. ޑޮކްޓަރު ބުނި ޚަބަރަކުން އަލާޔާއަށް އުފަލުން ހަޅޭއްލަވައިގަނެވުނެވެ. އަދި މާޒިންގެ ގައިގާ ހިފައިގަނެވުނެވެ.

"އަލްހަމްދުލިﷲ ޓްވިންސް..."

"މިފަހަރު ޔޫކޭއަށް ދާނީ މަންމަ ގޮވައިގެން. ކޮންމެވެސް މީހަކު އަބަދު މަހާ ގާތު ހުންނަން ޖެހޭނެ. މަންމައާއި އަހަރެން ފުދޭވަރަކަށް ދުރުން އުޅެވި އެކަމާއި މަންމަގެ ހިތް ބުރަކޮށްގެން ހުރެދާނެތީވެސް ބިރުގަނޭ. އަލާޔާ ދެން އަވަހަށް ޕްރެގްނުވައްޗޭ....." މާޒިން އަލާޔާގެ ކަންފަތުގައި ހިފާ ދަމައިލިއެވެ.

"މާޒިން ގަނޑާ. އަޅުގަނޑުގެ އެބަހުރި ލޯބިވާ މައިދައިތައެއް. މައިދައިތަ މެޑަމް ސޫފިއާނާ. ވީ އާ ފްރެންޑްސް ނައު...."

"ތޭންކް ގޯޑް..."

"ޔަޕް. ހޫމް ދެން ހިނގާ ސަދަގާތެއްކޮށްލަން. ބޮނޑިބަތް ކައްކުވާނީ. ރެކިދައްތަމެންނަކީ އެކަމުގެ އެކްސްޕާޓުން. ޔޫކޭއަށް ވިހައިގެން ވެސް މިކޮޅަށް ދިވެހި ބޭސްކުރުވަންވެސް އަންނަންވާނެ. ސަކީނާއްތަ ހަދާ ބޭސްތަކުގެ ރަހަ އެހާ މީރު...." އަލާޔާ އުފަލުން މަރުވާވަރުވިއެވެ. ހުރިހާކަމެއް މިދަނީ މާ އޮމާންކޮށެވެ. ބައެއްފަހަރު އެހާ އޮމާންކޮށްދަނީ ތޫފާނެއްގެ އަސަރޭ ބުންޏަސް އޭނަގެ ހިތަށް އެފަދަ ވަސްވާސް ވެއްދުނަކަ ނުދިނެވެ. އޭނަ ގަބޫލުކުރަނީ ހުރިހާ ކަމެއް ވާނީ ރަގަޅަށް ކަމުގައެވެ.

***

އިރުއޮއްސޭ މަންޒަރު ބަލައިލަން ސަލާރުއާއި އަލާޔާ ގޮނޑުދޮށުގައި ހިނގަމުން ދިޔައީ ހަނާގެ އަތުގައި ހިފައިގެންނެވެ. ބުޅާވެސް މަޑުމަޑުން އެމީހުންނާއި އެއްވަރަށް "ކެޓްވޯކް" ހިނގުމުގައި ހިތްތައް ފަތަހަކުރަމުން މަންޒަރު އިތުރަށް ފުރިހަމަކުރުވަމުން ދިޔައެވެ. ތިން މީހުންވެސް ތިބީ ހުދު ހެދުމާއި ނޫ ޖިންސްގައެވެ. ރަންކުލައިގެ ދަޅަތައް ހަންގަނޑަށްް އެޅުމުން ރަންފަދައިން ވިދައެވެ. ހަނާ ކިޔާދެމުން ދިޔައީ ހަކާންއާއެކު ސްނޯމޭން ހެދި ވާހަކައާއި ފިނިމޫސުމްގައި ދިޔަ ތަންތަނުގެ ވާހަކައެވެ. އޭނަގެ ބައްޕަވެސް މަންމައާއި ޑެޑީވަރު ނުވިޔަސް ކޮންމެވެސް ވަރަކަށް ލޯބިވާ ވާހަކައެވެ. އައިމަލް އަންކަލްދެކެ ހަނާ ކުރިން ބިރުން އުޅެފައި މިހާރު އެންމެ ލޯބިވާ އަންކަލްއަށް ވެއްޖެ ކަމުގައެވެ.

ތިން މީހުން އިށީދެލައިގެން އިރު އަލްވަދާއު ކިޔާތަން ބަލަން ތިއްބެވެ.

"މިއަށްވުރެ ދުނިޔެއިން އިތުރު އުފަލެއް ނުލިބޭނެ. އެންމެ ލޯބިވާ ދެމީހުންނާއެކު މިހެން އިރުއޮއްސޭ މަންޒަރު ބަލަމުން އައިސްކޯން ކެއުމަކީ ޑްރީމެއް...." އަލާޔާ ސަލާރުގެ ކޮނޑުގައި ބޯ އަޅައިލިއެވެ." އަލްހަމްދުލިﷲ ފޯ އެވްރީތިންގް..."

"އިރާދަކުރެއްވިއްޔާ ޖަންނަތުގައިވެސް އެކުގައިވާނެ.." ސަލާރުގެ އަތް ހަނާއާއި އަލާޔާ ވަށައިލެވުނެވެ. ގެއްލިފައި އޭނައަށް އޭނަގެ ލޯބި ފެނިއްޖެއެވެ. އޭނަގެ ދުޢާ އިިޖާބަކުރައްވައިފިއެވެ.

ނިމުނީ