ރާއްޖޭގެ އެންމެ ފުޅާދާއިރާ އަކަށް ޑިޖިޓަލް ޓީވީ ފޯރުކުށްދޭ ދިރާގު ޓީވީ އަށް ގުޅާލުމަށް ރަނުގެ ފުރުސަތެއް ހުޅުވާލައިފިއެވެ.

އެގޮތުން މިހާރު ދިރާގުން ކުރިއަށްގެންދާ ޕޮރޮމޯޝަންގެދަށުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅުއްވާ ކަސްޓަމަރުންނަށް މި މަހުގެ 31ގެ ކުރިން ދިރާގު ޓީވީގެ ޚިދުމަތަށް އެދިލައްވައިގެން މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސް (ޑީކޯޑަރު) މުޅިން ހިލޭ ލިބޭނެއެވެ.

އަދި އެ ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީގެ ބޭސިކް އަދި ގޯލްޑް ޕެކޭޖް ނަންގަވާ ކަސްޓަމަރުންނަށް އެއްމަސްދުވަހަށް ތަފާތުގިނަ ޗެނަލްތައް ހިލޭ ބަލާލުމުގެ ފުރުސަތު ލިބޭނެއެވެ. ގިނަދުވަސްތަކެއްގެ އިންތިޒާރަށްފަހު ދިރާގުޓީވީ ކަސްޓަމަރުންނަށް މިހާރު ޕްރިމިއާ ލީގްގެ މެޗުތައްވެސް ނިއޯޓިވީ (ޗެނަލް 6) މެދުވެރިކޮށް އެޗްޑީ ކޮލިޓީ އަދި އެންމެ ހެޔޮއަގުގައި ބަލާލެވޭނެއެވެ.

އެގޮތުން 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އައިޕީޓީވީގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏެވެ. ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ސޮނީގެ އެންޓަޓެއިންމަންޓް އަދި ސްޕޯޓްސް ޗެނަލްތައް، ކުޑަކުދިންގެ މެދުގައި އެންމެ މަޝްހޫރު ޑިޒްނީ ޗެނަލްތައް، ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައިފުޑް ނެޓްވޯކް، ސްޓާގެ ޗެނަލްތައް، ރާއްޖެއާ ބޭރު ދުނިޔޭގެ ޚަބަރު ޗެނަލްތައް އަދި އަލް ޤްރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ހިމެނެއެވެ. ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ 82 ޕަސެންޓް ގޭބިސީއަށް މިހާރު ދިރާގުޓީވީ ޚިދުމަތް ވަނީ ފޯރުކޮށްދީފައިއެވެ.