21 Jul 2010, 10:40
14:30
ސ. ހިތަދޫގައި ގެއެއްގެ ތެރެއަށް ގްރޫޕަކުން ވަދެ ނިދާފައި އޮތް މީހަކާ މާރާމާރީ ހިންގައި، އެމީހާ އަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އުމުރުން 22 އަހަރުގެ އެމީހާ އަށް ފަސް މީހުންގެ ގްރޫޕަކުން ހަމަލާ ދީފައިވަނީ ރޭ ދަންވަރު އެކެއް ޖަހާކަންހާއިރު ގޭ މީހުން ކުއްލި ކަމަކު ހޮސްޕިޓަލަށް ދިޔަ ވަގުތު ކަމަށެވެ. އޮފިޝަލު ވިދާޅުވީ އެ ގޭގެ ދޮރު ހަލާކުކޮށްލައިގެން އެ މީހުން އެގޭގެ ތެރެއަށް ވަދެ އެމީހުން އޭނާގެ ގައިގައި ތަޅާ ތޫނު އެއްޗަކުން ގައިގެ 10 ވަރަކަށް ތަނަށް ހަމާލާދީފައިވާ ކަމަށެވެ. ފުލުހުންގެ އޮފިޝަލު ވިދާޅުވީ މިހާރު އޭނާ އަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.
ފުލުހުންގެ އޮފިޝަލު ވިދާޅުވީ އެ މާރާމާރީ ހިންގަން މެދުވެރިވި ސަބަބެއް ކަމަށް ބެލެވެނީ ކުރިން ހިނގާފައިވާ ގްރޫޕް މާރާމާރީއަކާ ގުޅުން ހުރި މައްސަލައެއްގެ ބަދަލުހިފުމުގެ ގޮތުން ކަމަށެވެ.