ރާއްޖޭގައި މިވަގުތު ހުރި އެންމެ އެންމެ ފުންނާބު އުސް އެއް މޯޓިވޭޝަނަލް ސްޕީކާ ހުސައިން އަފީފުގެ ޕަބްލިކް ލެކްޗާއެއް އެމްއެންޔޫ ހިތަދޫ ކެމްޕަހުގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

އެމްއެންޔޫ ހިތަދޫ ކެމްޕަހުން ބުނެފައިވާ ގޮތުގައި މި ޕަބްލިކް ލެކްޗާ އޮތީ އެ ކެމްޕަހުގެ އޮޑިޓޯރިއަމްގައެވެ.

މާޗުމަހުގެ ތިންވަނަ ދުވަހުގެ ރޭ 8:00ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ލެކްޗާގެ މައުޟޫއަކީ "އެވްރިތިން ރައިޒެސް އެންޑް ފޯލްސް އޮން ލީޑާޝިޕް"އެވެ.

މަޝްހޫރު ލަކްސް ރިސޯޓްސް އެންޑް ހޮޓެލްސްގެ ޓެލެންޓް އެންޑް ކަލްޗާގެ ސީނިއާ ޑިރެކްޓަރުގެ މަގާމު ފުރަމުން އަންނަ ހުސައިން އަފީފަކީ ޖޯން މެކްސްވެލް ޓީމުގެ ކޯޗެއްވެސް މެއެވެ.

އައްޑޫ ސިޓީ ހިތަދުއަށް އުފަން ހުސައިން އަފީފަކީ މީހުން މޯޓިވޭޓްކުރުމުގައި ނުހަނު ގާބިލު ބޭފުޅެކެވެ.

އައްޑޫ މެދުފަންތީގެ މަސްވެރި އާއިލާއަކަށް އުފަންވި އަފީފަކީ ސާޓިފައިޑް ވާހަކަދެއްކުންތެރިއެކެވެ.