01 Mar 2022, 22:43
ފާއިތުވީ 24ގަޑިއިރު ތެރޭގައި މުޅި ރާއްޖެއިން ޓެސްޓްކުރި 2,804 ސާމްޕަލްގެ ތެރެއިން 463 މީހުން އަލަށް ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
މިދިޔަ 24 ގަޑިއިރު ތެރޭގައި މާލެއިން ޓެސްޓްކުރީ 504 ސާމްޕަލެވެ. އޭގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވީ 29 މީހުންނެވެ.
އަތޮޅުތެރޭގެ ރަށްރަށުން މިއަދު 382 މީހަކު ޕޮޒިޓިވްވެފައިވާއިރު ރިސޯޓުތަކުން ޕޮޒިޓިވްވީ 21 މީހުންނެވެ.
ރާއްޖެއިން މިއަދާ ހަމައަށް ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 170,655އަށް އަރާފައެވެ.
އެކްޓިވް ކޭސްގެ ގޮތުގައި ރާއްޖޭގައި މިވަގުތު 14,912 މީހުން ތިބިއިރު އޭގެ ތެރެއިން 13 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެނދުމަތި ކޮށްގެންނެވެ.
އިއްޔެއާ މިއަދު ސާމްޕަލް ނެގި އަދަދާ އަޅާ ބަލާއިރު މިއަދު ޕޮޒިޓިވްވި މިންވަރު ވަނީ ދަށްވެފައެވެ.
އެގޮތުން އިއްޔެ ނެގި ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ 16.07 ޕަސެންޓުގެ މީހުންނެވެ. އަދި މިއަދު ނެގި ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވެފައި ވަނީ 16.51 ޕަސެންޓެވެ.
މީގެ އިތުރުން، ކޮވިޑުން ދިފާއުވުމަށް މިއަދު 19 މީހުން ފުރަތަމަ ޑޯޒު ޖެހިއިރު މިއަދު ދެވަނަ ޑޯޒުޖެހީ 64 މީހުނެވެ. އަދި މިއަދު 1،740 މީހުން ބޫސްޓާ ޑޯޒު ޖަހާފައިވެއެވެ.
ރާއްޖެއިން މުޅި ޖުމްލަ 398،214 މީހުން މިހާތަނަށް ވަނީ ވެކްސިނުގެ ފުރަތަމަ ޑޯޒު ފުރިހަމަކޮށްފައެވެ. އަދި 371،091 މީހުން ދެވަނަ ޑޯޒު ފުރިހަމަކޮށްފައި ވާއިރު، ބޫސްޓާ ޑޯޒު ފުރިހަމަކޮށްފައިވަނީ 132،723 މީހުނެވެ.