ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، "ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ގަވާނިން ބޯޑް"ގެ ނަމުގައި ބޯޑެއް މިއަދު އެކުލަވައިލައްވައިފިއެވެ.

މި ބޯޑަކީ ޑޮކްޓާ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ހިންގުމުގެ ކަންކަން ލާމަރުކަޒީ އުސޫލުން ބެލެހެއްޓެވުމަށް ޓަކައި އުފައްދަވާފައިވާ ބޯޑެކެވެ.

މި ބޯޑު އެކުލަވައިލައްވާފައި ވަނީ ޖުމުލަ ހަތް މެންބަރުންގެ މައްޗަށެވެ.

ރައީސް، މިއަދު އެކުލަވައިލެއްވި މި ބޯޑުގައި ހިމެނޭ ހަތް ހިމެނޭ މެންބަރުންނަކީ

  • 1. ޑރ. ލަވްޝާ މުޙައްމަދު، ކާއިނާތު، ގދ.ތިނަދޫ(މިއީ ޢައްމުންގެ ތެރެއިން އައްޔަން ކުރާ މެންބަރެއް)

  • 2. ޑރ. ޢަބްދުﷲ ޢުބައިދު، ދަފްތަރު ނަންބަރު ރސ 6099(ޑޮކްޓާ އަބްދުއްސަމަދު ހޮސްޕިޓަލްގައި މަސައްކަތް ނުކުރާ ހެލްތް ދާއިރާގެ ތަޖުރިބާކާރެއް)
  • 3. ސަރަހައްދުގެ މާލީ ދާއިރާގެ މެންބަރެއް
  • 4. މަރިޔަމް ނާޒްނީން، ހ. ބަޑިދޫގެ(ހެލްތް މިނިސްޓްރީ ތަމްސީލުކުރާ މެންބަރެއް)
  • 5. ޖީޒާ ޙަސަން، ނީލުގެ، ގދ.ތިނަދޫ(ސަރަހައްދުގެ ޕަބްލިކް ހެލްތް ދާއިރާގެ މެންބަރެއް)
  • 6. ސައުދު ޢަލީ، އަބުހަރީއާގެ، ގދ.ތިނަދޫ(އަތޮޅު ކައުންސިލްގެ މެންބަރެއް)
  • 7.ހޮސްޕިޓަލް ހިންގުމާ ހަވާލުވެހުރި އިސްވެރިޔާ

މި ބޯޑުގެ ޗެއާޕާސަންގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައި ވަނީ ޑރ. ލަވްޝާ މުޙައްމަދެވެ.