ދުޅަހެޔޮ ސިއްހަތެއް ރާާއްޖޭގައި ދެމެހެއްޓުމަށް އުރީދޫ މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތުގެ ދަށުން، ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒުތަކަށް މުހިންމު ހެލްތު ކިޓް ތަކެއް ހަދިޔާކުރުމަށް އެކުންފުނިން ނިންމައިފިއެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައިވާ 167 ހެލްތް ސެންޓަރު އަދި ހެލްތު ޕޯސްޓް ތަަކަށް ހެލްތު ކިޓްތައް ހަދިޔާ ކުރާކަަަން ހާމަކޮށްފަައި ވަނީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ކުންފުނީގެ އިސް އޮފިޝަަަލުންނާ އެކު ބޭއްވި ޚާއްސަަ ބަައްދަަލުވުމެއްގަަައެވެ.

އެ ބަައްދަލުވުމުގައި، ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރުމަށް އުރީދޫ އާއި ހެލްތު މިނިސްޓްރީގެ ބައިވެރިވުމާ އެކު ކުރިއަށްގެންދެވޭނެ ތަފާތު މަސައްކަތްތަކާ ބޭހޭގޮތުން ވަނީ މަޝްވަރާކޮށްފަައެވެ. އެގޮތުން ސްޓެތެސްކޯޕް، ޑިޖިޓަލް ސްފިގްމާނޯމީޓަރ، ޕަލްސް އޮކްސިމީޓާ، އޮޓޮސްކޯޕް، ޑިޖިޓަލް ތާމޯމީޓާ އަދި ނެބިއުލައިޒާ މެޝިން ފަދަ ސިއްހީ ފަރުވާއަށް އާންމުކޮށް ބޭނުންކުރާ މުހިއްމު އާލާތްތައް ހިމެނޭ ގޮތަަށް ތައްޔާރު ކުރެވިފައިވާ އެ ކިޓްތައް މިއަހަރުގެ ކުރީކޮޅުގައި ހެލްތު ސެންޓަަރުތަކަށް ފޯރުކޮށްދޭނެ ކަމުގެ ޔަގީކަން އުރީދޫން ވަނީ އަރުވާފައެވެ.

އުރީދޫ މޯލްޑިވްސް އަކީ ރާއްޖޭގެ އެކި ހިސާބުތަކުގެ ކައުންސިލްތަކާއި، ރެކްރިއޭޝަނަލް ކްލަބްތަކާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ގިނަ މުބާރާތްތައް ސްޕޮންސަރުކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް މުޖުތަމަޢު އަހުލުވެރިކުރުވުމަށް މަސައްކަތް ކުރާ ކުންފުންޏެކެވެ.