01 Mar 2022, 09:41
ތައިރޮއިޑުގެ ފަރުވާއަށް ކުރި އޮޕަރޭޝަނަށް ފަހު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.
އެމަނިކުފާނު މިއަދު ކުރެއްވިި ޓްވީޓެއްގައި ވިދާޅުވީ މިއަދު ހެނދުނުގެ ވަގުތެއްގައި ހޮސްޕިޓަލުން ދޫކޮށްލައިފި ކަމަށާއި، ކުޑަ ދުވަސްކޮޅެއްތެރޭ އަނބުރާ ރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށެވެ.
ބޭސްފަރުވާއަށް ރައީސް ސިންގަޕޫރަށް ފުރާ ވަޑައިގަތީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. އޭގެ ދުވަހެއް ފަހުން، ކުރެެއްވި އޮޕަރޭޝަން ކާމިޔާބުކަމަށް އެމަނިކުފާނު އޭރު ވިދާޅުވިއެވެ.
ސާޖަރީ ކުރިއަށްދިޔަ ވަގުތު ރައީސްގެ ބާރުތައް ނާއިބު ރައީސް ފައިސަލް ނަސީމާއި ހަވާލުކުރެއްވިއެވެ.