01 Mar 2022, 10:14
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހަތަރުވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ސިއްހީ ދުޅަހެޔޮކަމުގެ ޕެކޭޖުތަކަށް މުޅިން ޚާއްޞަ ޑިސްކައުންޓެއް ތަޢާރަފް ކުރުމަށް އެ ހޮސްޕިޓަލުން ނިންމައިފިއެވެ.
އެގޮތުން، އަހަރީ ދުވަހާ ދިމާކޮށް އެ ހޮސްޕިޓަލުން ވަނީ ސިއްހީ ދުޅަހެޔޮކަމުގެ ޕެކޭޖުތަކަށް 10 ޕަސަންޓުގެ ޑިސްކައުންޓް ރޭޓެއް ތައާރަފްކޮށްފައެެވެ.
ޑިސްކައުންޓް ރޭޓް ހަމަޖެއްސި ޕެކޭޖްތައް
ވެލް މޭލް:ފިރިހެން ބޭފުޅުންނަށް ޚާއްޞަ ޕެކޭޖު
ވެލް ވުމަން:18 އަހަރާއި 34 އަހަރުގެ އަންހެން ބޭފުޅުންނަށް ޚާއްޞަ ޕެކޭޖު
ވެލް ވުމަން:35 އަހަރުން މަތީގެ ބޭފުޅުންނަށް ޚާއްޞަ ޕެކޭޖު
ހެލްތީ ލިވިން:ދުޅަހެޔޮ ސިއްހަތަކަށް ޚާއްޞަ ޕެކޭޖު
ހާޓް ސްކްރީނިން:ހިތުގެ ބަލިތަކަށް ޚާއްޞަ ޕެކޭޖު
އެ ޕްކޭޖްކަތުން ޑިސްކައުންޓް ރޭޓަށް ޚިދުމަތް ފޯރުކޮށްދޭން ފަށާނީ މިއަދުން ފެށިގެންނެވެ.
އޭގެއިތުރުންވެސް، ހުނަރުވެރި ޒުވާން މަސައްކަތްތެރިން އުފެއްދުމަށް އެ ހޮސްޕިޓަލުން "ޓްރީޓޮޕް ހޮސްޕިޓަލް އޯޕަން ޑޭ 2022" ގެ ނަމުގައި ކެރިއާ ގައިޑެންސް އަދި ވަޒީފާ ހޯދުމަށް ޚާއްޞަ ޕްރޮގްރާމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. އެ ޕްރޮގްރާމް އަމާޒުކޮށްފައިވަނީ ސާނަވީ ތައުލީމު ނިންމައި މަސައްކަތުގެ މާހައުލަށް ނުކުންނަން ބޭނުންވާ ޒުވާން ކުދިންނަށެވެ.
ޒުވާން ދިވެހި މަސައްކަތްތެރިން އުފެއްދުމަށްޓަކައި އެ ހޮސްޕިޓަލުން ވަނީ "ޓްރީ ޓޮޕް ހޮސްޕިޓަލް ނާސިން ސްކޮލާޝިޕް" އުފައްދާފައެވެ. އެ ސްކޮލާޝިޕްގެ ދަށުން ޒުވާން ހަތް ދަރިވަރުން މިހާރު ވެސް ހިލޭ ކިޔަވަމުންދެއެވެ.
މިދިޔަ އަހަރުގެ ތެރޭގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ފެމިލީ މެޑިސިން ކްލިނިކް، އަންހެނުންނާއި ކުޑަކުދިންނަށް ޚާއްޞަ ހެލްތް ސެންޓަރު، ކެންސަރު ބަލިޖެހިފައިވާ މީހުންނަށް ޕެއިން އެންޑް ރިހެބިލިޓޭޓިވް ޚިދުމަތްތައް އަދި ކުޑަކުދިންގެ ނިއުޓްރިޝަން ކްލިނިކްގެ ޚިދުމުތްތައް ދޭން ފަށާފައެވެ.
ދެހާސް އަށާރަ ވަނަ އަހަރު ޚިދުމަތް ފޯރުކޮށްދޭންފެށި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހުރިހާ ޚިދުމަތް ތަކުގައިވެސް ބޭނުންކުރަނީ އެންމެ ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީއެވެ.
ޓްރީ ޓޮޕްގެ ޚިދުމަތްތަކާ ބެހޭ އިތުރު މަޢުލޫމާތު3351610އަށް ގުޅުމުން ނުވަތަ އެ ހޮސްޕިޓަލުގެއީމެއިލްއަށް މެއިލް ކުރުމުން ލިބޭނެއެވެ.