14 Mar 2012, 14:34
ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމުން މުއްދަތު ހަމަވިއިރު އެ ދާއިރާއަށް ކުރިމަތިލައްވާފައި ވަނީ ހަތަރު ބޭފުޅަކު ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
ޑިރެކްޓާ ޖެނެރަލް މުހައްމަދު ތަލާލް މިއަދު ވިދާޅުވީ ކާށިދޫ ދާއިރާގެ ބައި އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ހަމަވިއިރު ނަން ހުށައަޅުއްވާފައިވާ ހަތަރު ކެންޑިޑޭޓުންގެ ކެނޑިޑެންސީ ސައްހަތޯ ބެލުމަށް ފަހު މާދަމާ ނަންތައް އާންމު ކުރައްވާނެ ކަމަށެވެ.
ސަން އޮންލައިނަށް އެނގިފައިވާ ގޮތުން ކާށިދޫ ދާއިރާއަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓުންނަކީ ޖުމުހޫރީ ޕާޓީގެ ޓިކެޓްގައި ވާދަކުރައްވާ އެ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ޖާބިރާއި ޕީޕީއެމްގެ ކައުންސިލް މެންބަރު މުހައްމަދު ވަޙީދު އިބްރާހިމް (ވައްޑޭ) އާއި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ދޮންބިލެއް އަހުމަދު ހަލީމެވެ.
އަންނަ މަހުގެ 14 ވަނަ ދުވަހު ކާށިދޫ ދައިރާގެ ބައި އިލެކްޝަންގެ އިތުރުން ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަން ބާއްވާން އިލެކްޝަނުން ވަނީ އިއުލާންކޮށްފަ އެވެ.