01 Mar 2022, 08:39
ބަނޑުގެ ކެންސަރަކީ ކުރީ ކޮޅުގައި ބަލި ދެނެގަނެވިއްޖެނަމަ ފަރުވާކުރަން ފަަސޭހަބައްޔެއް ނަމަވެސް ނުރައްކާތެރި ބައްޔެކެވެ.
ބަނޑުގެ ކެންސަރުގެ އަލާމާތްތައް ފުރަތަމަ ދުވަސް ކޮޅުގައި ފެންނަލެއް ކުޑަ ވުމުގެ ސަބަބުން ގިނަ މީހުންނަށް ބަލި ދެނެގަންނަން އުނދަގޫވެއެވެ. ނަތީޖާއެއްގެ ގޮތުން ބަލި ދެނެގަނެވޭ އިރު ގިނަފަހަރު ވަނީ ވަގުތު ފާއިތުވެ، ބަލީގެ އެންމެ ނުރައްކާތެރި ސްޓޭޖާހަމައަށް ވާސިލުވެފައެވެ. އެހެންކަމުން، މި ބަލީގެ އަލާމަތްތަކާމެދު ސަމާލުވެހުރުމަކީ އެންމެ ބުއްދިވެރި ގޮތެވެ.
ބަނޑުގެ ކެންސަރު ނުވަތަ ގޭސްޓްރިކް ކެންސަރު ޖެހުމަށް ދިމާވާ ސަބަބަކީ ބަނޑުގެ ފަށަލައެއްގައި ޓިއުމަރެއް އުފެދުމުގެ ސަބަބުންނެވެ.
މި ބަލި ޖެހުމުގެ ފުރުސަތު ބޮޑީ އުމުރުން 65 އަހަރުން މަތީގެ މީހުންނަށެވެ. އެގޮތުން ބަނޑުގެ ކެންސަރު ޖޭހޭ މީހުންގެ ތެރެއިން 60 ޕަސެންޓު މީހުންނަކީ އުމުރުން 65 އަހަރުން މަތީގެ މީހުންނެވެ.
ބަނޑުގެ ކެންސަރުގެ އަލާމަތްތަކުގެ ތެރޭގައި ގޭސްޓްރިކްވެ މޭނުބައިކުރުން، ކާހިތްނުވުން އަދި ބަނޑަށް އުނދަގޫވެފައި ހުރުން ފަދަ އަލާމާތްތައް ހިމެނެއެވެ. އެގޮތުން ބަނޑުހައިނުވެ، ކުއްލިގޮޮތަކަށް އެއްވެސް ޑައެޓަކާ ނުލައި ބަރުދަން ލުއިވުމަކީ ބަނޑުގެ ކެންސަރުގެ އަލާމަތްތަކުގެ ތެރޭގައި އެންމެ ކަންބޮޑުވާ އެއް އަލާމާތް ކަމަށް ކަމާ ބެހޭ މާހިރުން ބުނެއެވެ.
ބަނޑުގެ ކެންސަރުގެ ހާލަތު ގޯސްވެފައިވާކަން ދޭހަކޮށްދޭ އަލާމާތްތަކުގެ ތެރޭގައި ބޮޑުކަމުދާ އިރު ލޭ ހުރުމާއި ކާބޯތަކެތި ދިރުވަން އުނދަގޫވުމާއި ރީނދޫވުން ހިމެނެއެވެ.
ބަނޑުގެ ކެންސަރަށްދޭ ފަރުވާތައް ބަރޯސާވަނީ ހަށިގަނޑުގައި ކެންސަރު ފެތުރިފައިވާ މިންވަރަށެވެ. އެގޮތުންދޭ ފަރުވާތަކުގެ ތެރޭގައި، އެންޑޮސްކޯޕިކް މިޔުކޮސަލް ރެސިކްޝަން، ކީމޯތެރަޕީ، އިމިއުނޮތެރަޕީ ހިމެނެއެވެ.