28 Feb 2022, 16:24
ފިހާރައަކަށް ދަންވަރު ވަދެ، ވައްކަންކޮށްގެން ފިލި މީހަކު ހޯދަން ފުލުހުން ވީޑިއޯ އާއްމުކޮށްފިއެވެ.
ފުލުހުން މިއަދު އާއްމުކުރި 37 ސިކުންތުގެ ވީޑިއޯއިން ފުޓޭޖުން ފެންނަނީ މޫނުމަތީގައި މާސްކް އަޅައި އަދި ބޮލުގައި ތޮތްޕެއް އަޅައިގެން ހުރި މީހަކު ފިހާރައެއްގެ ދޮރުން އެތެރެއަށް ވަދެ ކޭޝް ޑްރޯވާ ހުޅުވުމަށް ފަހު، އޭގެ ތެރެއިން އެއްޗެއް ނަގައިގެން ހަމަ ވަތް ދޮރުން ނުކުމެގެންދާ މަންޒަރެވެ.
#policemvappeal
ހުޅުމާލޭގެ ފިހާރައަކުން ވައްކަންކޮށްފައިވާ މައްސަލައެއްގައި މީހަކު ހޯދަނީ
ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9980062 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެން.https://t.co/0gLP1sTB15pic.twitter.com/0B0ZcBathE— Maldives Police (@PoliceMv)February 28, 2022
ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާ ވައްކަންކުރީ މިދިޔަ މަހުގެ އެއްވަނަ ދުވަހުގެ ރޭ ދަންވަރު، ހުޅުމާލޭ އަމްޒާނާ ޖެނެރަލް ގުޑްސް ފިހާރައިން ކަމަށެވެ.
އިތުރަށް ފުލުހުން ބުނީ ވީޑިއޯއިން އެ ފެންނަ މީހާއަކީ އެ މައްސަލައާ ގުޅުވައިގެން ހުޅުމާލެ ޕޮލިހުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވާ މީހެއް ކަމަށާއި ނަމަވެސް ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ވެސް ކާކުކަން ދެނެގަނެވިފައިނުވާތީ ނުހޯދިފައިވާ މީހެއް ކަމަށެވެ.