28 Feb 2022, 09:43
ނޯވޭގެ ނޭޓޯ ސިފައިންނާއެކު ލިތުއޭނިއާއަށް މިލިޓަރީ އެއާކްރާފްޓެއް ގޮސްފިއެވެ.
ރަޝިއާއިން ޔޫކްރޭނަށް ހަމަލާދޭން ފަށާފައިވާ ދަނޑިވަޅެއްގައި ބަލްޓިކް ސަރަހައްދުގައި ނޭޓޯގެ ބާރުގަދަކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ރަޝިއާއިން ކްރައިމިއާ ހިސޯރުކުރުމާއި ގުޅިގެންވެސް ނޭޓޯގެ ބައެއް ސިފައިން ލިތުއޭނިއާއަށް ވަނީ ގޮސްފައެވެ. ނޯވޭގެ ނޭޓޯ ސިފައިންގެ 44 މީހަކުވެސް ކުރީގެ ޓީމާ ގުޅޭނެކަމަށް މައުލޫމާތު ލިބެއެވެ.
ނޯވޭއިން ވަނީ ހަތަރު "ސީވީ90" އިންފެންޓްރީ ފައިޓިން ވެހިކަލްވެސް ގެންގޮސްފައެވެ.
ލިތުއޭނިއާގައި ޖަރުމަނުގެ ސިފައިންގެ އަދަދުވެސް ގިނަކޮށްފައިވާއިރު، ރަޝިއާއިން ޔޫކްރޭނަށް އަރާފައިވަނީ ޔޫކްރެއިނުން ނޭޓޯ އާ ގުޅުމުގެ ވާހަކަތައް ދައްކަން ފެށުމުންނެވެ.
ރަޝިއާއިން ޔޫކްރޭނަށް އަރައިގަނެފައިވާއިރު، ލިތުއޭނިއާ އަކީ މީގެ ކުރިން ސޯވިއެޓް ޔޫނިއަންގެ ޖުމްހޫރިއްޔާއެކެވެ.