27 Feb 2022, 17:08
އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މުޙައްމަދު އަނީލު މިއަދު އައްޔަން ކުރައްވައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އޭނާއަށް ލިޔުން ހަވާލުކޮށް މަގާމަށް އައްޔަންކުރެއްވީ މިއަދު ކަމަށެވެ.
އިސްލާމިކް ޔުނިވާސިޓީ އޮފް މަދީނާއިން 2012 ވަނަ އަހަރު، ބެޗެލާސް އޮފް ޝަރީއާ އެންޑް ލޯ ހާސިލް ކުރައްވައިފައިވާ އަނީލް މިހާރު އަންނަނީ ޤައުމީ ޔުނިވާސިޓީއިން މާސްޓާސް އޮފް އިސްލާމިކް ސްޓަޑީޒް ހާސިލްކުރައްވަމުންނެވެ.
އަނީލު މި މަގާމަށް އައްޔަން ކުރެވުމާއެކު، އިސްލާމިކް މިނިސްޓްރީގައި ޖުމްލަ ދެ ސްޓޭޓް މިނިސްޓަރުން ތިއްބަވާނެއެވެ. ސްޓޭޓް މިނިސްޓަރަކަށް ދެން ހުންނަވާނީ އައްޝައިޚް އިލްޔާސް ޖަމާލެވެ.