27 Feb 2022, 21:11
ވިލާ ހަކަތައިގެ ފަރާތުން، ހިޔާ ފްލެޓްތަކަށް ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް އެބަ ގެންދެއެވެ.
މިއީ ހިޔާ ފްލެޓުގައި ދިރިއުޅޭ މީހުންގެ ތެރެއިން، މެދުނުކެނޑި ހަ މަސްދުވަހު އެ ކުންފުނިން ގޭސް އޯޑަރުކޮށް ފައިސާ ދައްކާ މީހުންނަށް ހާއްސަ ޕްރޮމޯޝަނެއް ކަމަށް ވިލާ ހަކަތައިން ބުނެއެވެ.
މި ޕްރޮމޯޝަނުގެ ދަށުން ހިޔާގެ ކޮންމެ ޓަވަރަކުން ނަސީބުވެރިއަކު ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އަދި، އެ ފަރާތްތަކަށް 6000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
އަދި ބައިވެރިވާ ފަރާތްތަކުގެ ގޭސްފުޅި ރީފިލްކުރުމުގެ އަގު 200 ރުފިޔާއަށް ކުޑަކުރުމަށް ނިންމާފައިވާ ކަމަށް ވިލާ ހަކަތައިން ބުންޏެވެ.
ޕްރޮމޯޝަނުގައި ބައިވެރިވުމަށް ބޭނުންވާ ފޯމްމި ލިންކުންޑައުންލޯޑު ކުރެވޭނެއެވެ.