27 Feb 2022, 11:40
މާލެއިން ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާ ފެނިއްޖެއެވެ.
ގެއްލިގެން ހޯދަމުން ދިޔައީ ޅ. ނައިފަރު/ ޑޭޒީހިޔާ، އުމުރުން 23 އަހަރުގެ އަޙްމަދު ވިއާމްއެވެ.
ވިއާމް ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. ވީނުވީއެއް ނޭނގި ގެއްލިގެން އޭނާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ.
ފުލުހުން މިއަދު ބުނީ ވިއާމް ފެނިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ބުންޏެވެ.
އިތުރު މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއްނުވެއެވެ.