26 Feb 2022, 22:12
ކްލަބް ވެލެންސިއާއަށް ކުޅެމުން އަންނަ ސްރީލަންކާގެ ޑިފެންޑަރު ޑަކްސަން ޕްލާސް މަރުވެއްޖެއެވެ.
ކްލަބް ވެލެންސިއާގެ މެނޭޖަރު އެކަން "ސަން"އަށް ވަނީ ކަށަވަރު ކޮށްދީފައެވެ.
އެނގިފައިވާ ގޮތުގައި އޭނާ ދިރިއުޅޭ ގެ، މ. އަހުލިހައިގައި ދަންޖެހިފައި ހުއްޓާ މިރޭ ވަނީ ފެނިފައެވެ. ނަމަވެސް އޭނާ މަރުވީ ދަންޖެހިގެންކަމެއް އަދި ޔަގީނެއް ނުވެއެވެ.
އޭނާ ދަންޖެހިފައި ހުއްޓާ ފެނުނީ ހަބަރެއް ނުވެގެން އާއިލާއިން އެންގުމުން ބެލި ބެލުމުގައެވެ. އަދި އޭނާ ދަންޖެހިިފައި ހުރި ތަނުގައި ލަންކާ ބަހުން ލިޔެފައި އޮތް ނޯޓެއް އޮތްކަމަށް ވެސް އެނގިފައިވެއެވެ.
މިއަދު ހަވީރު ދިވެހި ޕްރިމިއާ ލީގުގައި ކްލަބް ވެލެންސިއާއާއި ދަ ގްރާންޑޭ ކުޅުނު މެޗުގައި އަނިޔާގެ މައްސަލައަކާހުރެ އޭނާ ކުޅެފައެއް ނުވެއެވެ.
އުމުރުން 31 އަހަރުގެ ޑަކްސަންއަކީ ސްރީލަންކާގެ ގައުމީ ޓީމަށް ވެސް މުހިންމު ކުޅުންތެރިއެކެވެ. އެ ގޮތުން މި އަހަރުގެ ސާފްޗެމްޕިއަންޝިޕްގައި އޭނާ ވަނީ ލަންކާގެ ޓީމުގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފައެވެ.
ޑަކްސަން ގައުމީ ޓީމަށް 14 މެޗު ކުޅެދީފައިވާއިރު، އޭނާ ގައުމީ ޓީމަށް ލަނޑެއް ކާމިޔާބު ކޮށްދީފައެއް ނުވެއެވެ.
މިދިޔަ ސީޒަނުގައި އޭނާ ކުޅުނީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބަށެވެ.
މިހާރު ފުލުހުންގެ ސަމާލުކަމަށް މި މައްސަލަ ވަނީ އައިސްފައެވެ. ނަމަވެސް މިކަމާ ގުޅިގެން ފުލުހުން އަދި ބަހެއް ނުބުނެއެވެ.
މާތްﷲ ވަހީ ކުރައްވާފައިވެއެވެ.
يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ إِلَّا أَن تَكُونَ تِجَارَةً عَن تَرَاضٍ مِّنكُمْ ۚ وَلَا تَقْتُلُوا أَنفُسَكُمْ ۚ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا
މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! باطل ގޮތުގައި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ! އެހެނެއްކަމަކު، ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިޔަކަށްވުން މެނުވީއެވެ. އަދި، ތިޔަބައިމީހުންގެ އަމިއްލަ نفس ތައް ތިޔަބައިމީހުން قتل ނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް رحيم ވަންތަ ރަސްކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ.
ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އުއްމަތަށް އިރުޝާދު ދެއްވާފައި ވަނީ ، މި ޙަޔާތާ ވަކިވެގެންދާ ގޮތަކީ އަމިއްލައަށް މަރުވުން ކަމަށް ކުޑަމިނުން އުންމީދު ވެސް ނުކުރުމަށެވެ.
އިތުރު ތަފްސީލް އަންނަނީ..