03 Mar 2022, 07:53
"މަޝްހޫރުވުމަކީ މޮޅު ނިއުމަތެއް ނޫނެވެ. ބިރުވެރި ފިތުނައެކެވެ."
***
"މްމްމް...ދެން ބުނި ބައިވަރު ސަބަބުތަކާއިހެދި އަލާޔާއަށް އެހީވީއޭ. އެކަމަކު ދެން އެ ރީޒަންސްތަކެއް ނޭހުނު. ކީއްވެގެންނޯ ސަލާރު ގަނޑު ތިހެނީ؟ ބުނޭ ބުނޭ....." އަލާޔާ ސަލާރު ގިލިގިލިކޮށްޓައިލުމުން އަވަހަށް ސަލާމަތްވާން އަލާޔާގެ ދެއަތުގައި ހިފެހެއްޓިއެވެ.
"ޑޯންޓް ޓޯޗާ މީ...ސަލްމާނު ކުރިކަމެއްކޮށްދިނީ އެހާ ދީލަތިވެގެނެއްނޫން. އޭނަ އެފައިސާ ޚަރަދުކުރި ސަބަބަކީ........." ސަލާރު ފުން ނޭވާއެއްދޫކޮށްލިއެވެ."އޭނައަކީ އަހަރެންގެ އެއްބަފާ ބޭބެއަށް ވީމަ....."
"ވަޓް؟ ހާދަ ސިއްރުވެރި ބޭފުޅެކޭ. ކިހިނެއް އޭނަ ބޭބެއަކަށް ވީ"
"މަގޭ ބައްޕަގެ ދަރިއަކަށް ވީމަ..."
"މި ޒަމާނުގައި އެހާ ދީލަތިވެގެން ފައިސާ ލޯނަށް ދޭނެ މީހަކުވެސް ނުވާނެ. އޭނަ ގާތު މަ ބުނީ އާޒީންއަށް ފައިސާ ދޭން. ހަގީގަތުގައި މަންމަ ސަލްމާނުގެ ބައްޕައާއި އޭރު ދެއަންބަށް އިނީ. އެއަށްފަހު އަނެއްކާވެސް ކޮންމެވެސް ސަބަބަކާއިހެދި މަންމަ އަހަންނަށް ޕްރެގްއިރު އޭނަ މަންމަ ދޫކޮށްފައިގޮސް ކުރީގެ އަންހެނުންނާއި ގުޅުނީ. އޭނައަކީ ވިޔަފާވެރިވެރިއެއް. ރިޒޯޓްތަކާއި ކުންފުނިތަކުގެ އިސްވެރިޔަކަށްވާތީ އޭނައަށް ފައިސާއަކީ އެއްވެސް އެއްޗެއް ނޫން. މަންމަ އެހާ ބިޓަރވި ސަބަބަކީ އެއީކަން ނޭގޭ. އަހަންނާއި ބައްޕަ ވައްތަރުވުމުން މަންމައާއި ދެމީހުންގެ މިއޮންނަ ރިލޭޝަނަށް އަސަރުކުރާހެން ހީވޭ. މަންމައަށް އަހަރެން ފެންނަނީ އޭނަގެ ސިފައިގައޭވެސް ހިތަށް އަރާ. އެނީވޭސް ބައްޕަގެ އަތުން އެއްވެސް އެއްޗެއް ބޭނުންނުވިޔަސް އަހަރެންގެ އެކައުންޓަށް ކޮންމެ މަހަކު ފައިސާ ފޮނުވާ. ކިޔެވުމަށްވެސް ޚަރަދުކުރި. އެ ފައިސާތަކުގައި އަތްނުލާ ބަހައްޓާފައި އަދިވެސް ހުރީ. އެކަމަކު ހިތަށް އަރަނީ އެއީ އަހަރެންގެވެސް ހައްގެކޭ. ސަލްމާނު އެކޭ އެއްފަދައިން އަހަރެންވެސް އޭނަގެ ދަރިއަކަށްވީމަ އެ މުދަލުގެ ހައްގުވެރިއަކަށް ވާނެ. އެހެންވެ އާޒީންއަށް ފައިސާދޭން ބުނީ. އެއީ ލޯނެއްނޫން.. ޔޫ ޑޯންޓް ހޭވް ޓު ޕޭއި އިޓް ބެކް..............." ސަލާރުގެ ވާހަކަތައް އަހަން އިން އަލާޔާގެ ބޮލުން ބޮޑު ބުރަދަނެއް ލުއިވިކަމުގެ އިހުސާސްކުރެވުނެވެ.
ބައެއްފަހަރު ހީނުކުރާގޮތްގޮތަށް އިންސާނާއަށް ރިޒުގު ދެއްވައެވެ.
"މާތްﷲއަށް ހަމްދުކުރަން. އެއީ ސަލާރުގެ ހައްގެއް އެކަމަކު އަހަރެން މަސައްކަތްކޮށްގެން ދިރިއުޅެން ބޭނުމީ....ހަލާލުގޮތުގައި މޭޒަށް ކާ އެއްޗެހި އަރުވަން....." އަލާޔާގެ ޖުމްލައިން ސަލާރު ހޭންފެށިއެވެ.
"ސަލާރުގެ ހައްގެއް އާޒީންގެ އެއްޗަކަށް ނުވާނެގޮތެއް ބުނެބަލަ. ތިއީ އަހަރެންގެ އަންހެނުން. އަންހެނުން ބަލަހައްޓަން ދީނުގައި އޮތީ ފިރިމީހާއަކަށްނު. ފިރިމީހާ މަސައްކަތްކޮށްގެން އަނބިދަރިން ބަލަން ޖެހެނީ."
"ކާކު ހަނާ ބަލާނީ؟"
"ހަނާ އަހަންނަށް ޑޭޑް ކިޔަނީ ސަބަބެއް ނެތިއެއްނޫން ލަވް. އެއީ މަގޭވެސް ދަރިއެއް..."
ކުއްލިއަކަށް ކޮންމެވެސް މީހަކު ހަޅޭއްލަވައިގަތުމާއެކު އައިގޮތަށް އަލާޔާގެ ގައިގާ އޮޅުލައިގަތެވެ. އަލާޔާއަށް އެތައް ވަރަކުން އެމީހަކު ދުރުކޮށްލާފައި ބަލައިލިއިރު ރަދްވާކަން އެނގުމުން މަޖާވިއެވެ.
"ބޭބެ މިހާރު އޯކޭ. އެކަމަކު ސަލާރުއާއި މެރީކުރީމަ ޝޮކިން.......ސަލާރުއަކީ ބޭބީއެއްކަމަށް ހީކޮށް މަށަށް ޖޯކުޖެހިފައި އޮތީ. މަށަށްވެސް މަންމަ ކިޔައިގެންވިއްޔަ ފްލައިޓްތެރޭގައި............." ރަދްވާ ސަލާރުގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ.
" އާޒީން ނޫނީ ހުރިހާ އަންހެންކުދިންނާއި އޮންނަ ކެމިސްޓްރީއަކީ އާންޓް ކަހަލަ ގާތް މީހެއްގެ....އެހެން ގޮތަކަށް ނުދެކެވޭ ސޯ ބިރުގަންނަ ވަގުތު މަންމަ ކިޔުމުން މައްސަލައެއް އެބައޮތްތަ؟" ސަލާރުގެ ލޮލުން ލާނެތްކަމާއި މައުސޫމްކަމާއިއެކު ފިރިހެންކަމެއް އެވަގުތު ރަދްވާއަށްވެސް ފެނުނެވެ. އައިމަލްމެންހާ ފިރިހެން ނުވިޔަސް ތެދުވެރިކަމާއި ވަފާތެރިކަން އަދި ރަގަޅު ޚުލްގެއް ލިބިފައި އެބަވެއެވެ.
ރަދްވާގެ ހިތް ސަލާރުއަށް ތައުރީފުކުރިއެވެ. މީހެއްގެ ހުރި "ފޯބިއާ"އަކީ އެމީހެއްގެ ބަލިފައިކަމުގައި އެހެން މީހުން ދެކެގެން ނުވާނެއެވެ. އެއްވެސް އިންސާނަކީ ހުރިހާ ގޮތަކުން ފުރިހަމަ މީހަކަށްވެސް ނުވާނެއެވެ.
***
ރަދްވާ ނޫޑުލްސް ކެއްކުމުގައި އަވަދިނެތި ހުއްޓާ ވާރޭ ވެހިގަތް އަޑު އިވުނެވެ. ކުއްލިއަކަށް ހަނދާންވީ ރޯނުގައި އެޅުވި ހެދުންތަކެވެ. އެހާވަރުން ދޮވުނު ހެދުންތައް ތެމުނީމަ އަމިއްލަ ނަފުސަށް އެތިވަރު ގޮވަމުން އަވަހަށް ބެލްކަންޏަށް ނިކުތެވެ. ރޯނުތައް ހުރީ ހުހަށެވެ. އޭރު ވާރޭ ފުދޭވަރަކަށް ބޯކޮށްލައިފިއެވެ. އެހިސާބަށްވެސް ވާރޭ ވިއްސަމުން ދިޔައެވެ.
"ވާރޭ ވެހިގަތީމަ ހެދުންތައް ނަގާފައި ގޮނޑިމަތީ ބެހެއްޓިން..."ލޫތުގެ އަޑު އިވުމުން ރަދްވާ ސިހިފައި ބަލައިލިއެވެ.
"ހައު ސްވީޓް" ހިތުގައި އެ ޖުމްލަ އޮތަސް ދުލުން ބުނާކަށް ބޭނުމެއްނުވިއެވެ. އޭނަ ދެކޭގޮތުން މިގޮތަށް ތުނބުޅި ޖަހާފައި ތިބެނީ ހައްދު ފަހަނަޅާފައިވާ މީހުންނެވެ. ޓެރަރިސްޓުންނެވެ.
"އޯ....ތެންކިއު..." ރަދްވާ ކުޑަކޮށް ހީލަމުން ލޫތުގެ މޫނަށް ނަޒަރު ހުއްޓައިލުމާއެކު ދިގު ދިގު އެސްފިޔަތައް ލޮލުގައި އަޅައިގަތެވެ. އަންހެންކުއްޖަކު އެންމެ އެދޭނެފަދަ ރީތި އެސްފިޔަތަކެވެ. ހަސަދަވެރިނުވާވަރެއް ނޫނެވެ.
ލޫތު އޭނައާއި ދިމާލަށް އެންމެ ފަހަރަކުވެސް ބަލައިލިހެން ހިޔެއްނުވެއެވެ.
"ފޮނިކަން.." ރަދްވާ ހިތާހިތުން ކުދިކިޔައިގަތެވެ.
އޭނަ ހެދުންތައް ނެގިއިރު ލޫތު ބޭނުންކުރާ އަތަރުގެ މީރުވަސް ހެދުމުގައި ހިފާފައި ހުރިހެންވެސް ހީވިއެވެ. ލޫތުވެސް އޭނަ ހީކުރިވަރަށް ފޫހިނޫންތާއޭވެސް އެވަގުތު ހިތުގެ ކަނަކުން ގޮވާލައިފިއެވެ. އެސްފިޔަތައްވެސް ރީއްޗެވެ. މީރުވަސް އެބަދުވައެވެ. ބެލުން ތިރިކުރުމަކީވެސް އޭނަގެ ހިތުގައި އަޅައިގަތް ކަމެކެވެ.
***
އަލާޔާއާއި ސަމަރު ވަޒީފާއަށް ދާންފެށުމާއެކު ސަމަރު ބަލިވެއިންކަން އެންމެނަށް އެނގި މަރުހަބާކިއެވެ. އައިމަލް ސަމަރު ވަރިކޮށްލާފައި ދިޔައީ އޭނަގެ ނިޝާނެއް ދޫކޮށްފައި ކަމުގައި ކިޔާ ދިމާކުރިއެވެ. މިފަހަރު އެންމެންވެސް އަލާޔާއަށް ޖެއްސުންކޮށް މަލާމާތްކުރުމުގެ ބަދަލުގައި އޭނައާއި އެކުވެރިވެ ރުއްސަން މަސައްކަތްކުރިއެވެ. އެތާ ސީއީއޯގެ ފަހަރިކަން އެނގުމުން އެންމެން އެކަމުގެ ފައިދާ ނަގަން ބޭނުންވީއެވެ. އަލާޔާ އެންމެނަށް މާފުދީ އެކުވެރިކަމާއެކު ވާހަކަދެއްކިޔަސް އޭނަގެ ޚާއްސަ އެކުވެރިންނަކަށް މިއަދު ވުމުގެ ފުރުސަތެއް އެއިން އެކަކަށްވެސް ނެތެވެ.
އަލާޔާ ސަމަރު އަދި ރަދްވާ ކެފޭއަށް ވަންތަނުން ޔާނާއާއި އެކުވެރިން އައިސް މޭޒުގައި ހުރި ގޮނޑިތަކުގައި ޖައްސައިލިއެވެ.
"ސަލާރުގެ އޮޓޯގްރާފް މަވެސް ބޭނުން. އަޅެ ހާދަ ރީއްޗޭ އެމީހުންގެ ލަވަތައް........." ޔަނާގެ ދެލޯ އިނީ ހަމަ ދިއްލިފައެވެ.
"ޑޯންޓް ވޮރީ. ތީ އެއްވެސް ކަމެއްނޫނެއްނު..." ސަމަރު ފެށިއެވެ.
"ޔަނާ...ސަލާރު ކުއިޓް ކުރި ޚަބަރު ނުކިޔަންތަ؟" އަލާޔާ ހުރިހާ ދަތްތައް ދައްކާލައިގެން ހެވިފައި އިނެވެ.
"އާނ އެކަމަކު އެހެން ކިޔާފައި ލަވަކިޔުންތެރިން އެނބުރި މިއުޒިކްގެ ދުނިޔެއަށް އަންނާނެ. ސަލާރު އޭނަ ކުއިޓް ކުރާން ޖެހުނު ސަބަބުވެސް ޑީޓެއިލްކޮށެއް ކިޔާނުދޭ. ޕާސަލަން ރީޒަންއެކޯ. އެ ރީޒަނަކީ އަނެއްކާ އަލާޔާތަ؟ ޔޫ މޭޑް ހިމް ކުއިޓްތަ؟" ޔަނާ ލޯ ބޮޑުކޮށްގެން އަނގަ ހުޅުވާލައިގެން އިންތަން ފެނުމުން އަލާޔާ އަނގަ ލައްޕާލަދިނެވެ.
"ބަމްބްލް ބީ އެއް ވަދެދާނެ."
"ބަޓް ވާއި......." ޔަނާ އަލާޔާގެ އަތުގައި ހިފައިގަތެވެ." އޭނަގެ ފައުންޑް އެންޑް ލޮސްޓް ހާދަހާއޭ ރީތީ......މަ ހަމަ ކޮންމެ ރެއަކު ނިދަނީ އެ ލަވަތައް އަޑުއަހައިގެންނޭ..މަ މޮޔަވާހާ ރީތި އަޑެއް."
ސަމަރު ހޭންފެށިއެވެ.
"ޔަނާ. ސީރިޔަސްކޮށްތަ؟"
"އަލާޔާ ފޮނިވެގެން މާމުއިކޮޅަކަށްވެގެން ވިރިގެން ފައިބަފާނެ ދޯ، އެކަމަކު މަށަކީ ސަލާރުގެ ފަންކާއެއް...." ޔަނާ ފޯންގެ ޑިސްޕްލޭ ދައްކާލައިފިއެވެ. ސަލާރުއާއި އެބޭންޑްގެ އެހެން ޒުވާނުންގެ ފޮޓޯއެކެވެ.
"ފޭން....ފަންކާ؟" ރަދްވާއަށްވެސް ހެވުނެވެ.
"ޔަނާ ލަވް. ތި ލަވައިގާ ކިޔަނީ ކާކުގެ ވާހަކަކަމާއިމެދު ވިސްނައިލިންތަ؟ ކޮންމެ ލަވައެއްގައި މާނައެއް އޮންނާނެ. ތީގައި ފެނި ގެއްލިދާއަކީ ކާކުކަން އެނގިއްޖެއްޔާ ޔަނާ ތި އާއިގެން ހިޗް ހައިކްކޮށް ގެލެކްސީއިން ބްލެކް ހޯލް ހޯދާފައި އެ ކަޅު ބާގަނޑަށް ތި ގެންގޮސް ލާނެ. އެކަމަކު ދެން ތި ލަވައާއިގެން އުޅެމުންގޮސް އެ ލޯވަޅަށް ވަދެ ޔަނާއަށް ނިކުމެވޭނީއެއްވެސް ނޫން...........އެނގިއްޖެ؟" އަލާޔާ އަނގަޔަށް ވައްތަރެއް ޖައްސާލާފައި ބިލެތްގަނޑުން އެތިގަނޑެއް އަނގަޔަށް ލައިގެން ހަފަންފެށިއެވެ. ސަމަރުއާއި ރަދްވާ އަދި އެހެން ކުދިން ހީހީ ބަލިވާވަރުވިއެވެ.
"ތިބުނީ؟ ކޮން ލޯ ވަޅެއްތަ؟" ޔަނާގެ ވިސްނުން އެހާ ދުރަކަށް ނުފޯރިއެވެ.
"މިބުނަނީ ތި ލަވައާއިހެދި މޮޔަވެގެން ސީދާ މަގަކުން ނޫނޭ ތި ދެވެނީ. މާ ރަގަޅުވާނެ ފޯނުން އަބަދު ގުރުއާން އަޑު އެހިއްޔާ. ޚާއްސަކޮށް ނިދާ ގަޑީގައި...." އަލާޔާ ވިސްނައިދިނެވެ.
"ހޫމް އަލާޔާއަށް އެހެން ބުނަން ފަސޭހަވާނެ. ސަލާރު ކޮންމެ ރެއަކު އަލާޔާއަށް ލަވަ ކިޔައިދީ ނާނާ ކިޔައިދީ ނިންދަވާ އަޑު މަ އަހަން.." ސަމަރު ޔަނާ ހަސަދަވެރިކޮށްލަން ފާޑަކަށް ބަލަން އިނދެފައި ބުނެލިއެވެ.
"ނޫން ނޫން....." ޔަނާ ހީވީ ރޮއިގެންފާނެހެންނެވެ.
"ޔަނާ. ސަލާރު އެނބުރި މިއުޒިކް ދުނިޔެއަކަށް ނާންނާނެ. ލަވަކިޔުނީތީ އެކަމާ އޭނަ ރިގްރެޓްކުރޭ. ސަލާރު ބޭނުންވަނީ ގާރީއަކަށް ވާން. އަޒާން ގޮވަން. އޭނަގެ ބްރައިޓް ފިއުޗާއެއް ލަވައިގެ ދުނިޔޭގައި އޮތްވާ ހުރިހާ އެއްޗެއް ސެކްރިފައިސްކުރީ ދީނަށްޓަކާ. އާޚިރަތަށްޓަކާ. އޭނަގެ ކަށްވަޅުން ސަލާމަތްކޮށްދޭން ތީގެ އެއްވެސް ފަންކާއެއް ނާންނާނެ. އޭނަގެ ކަރުގައި ބަނދެވިގެން ތިބި އެއްވެސް އިންސްޓްރޫމެންޓެއް ވެސް އޭނައާއިއެކު ވަޅުލެވޭނީއެއްނޫން. ހަމަ އެހެން މީހުންނެކޭ އެއްފަދައިން ހުދު ފޮތިގަނޑެއްގައި ނިވާކޮށްފައި އޭނަގެ ގައިމައްޗަށް ވެއްޔާ އެއްޗެހި އަޅާ ފަސްގަނޑު ދަށުގައި ފޮރުވާލާފައި އެންމެން އަންނާނީ. ވީމަ ސަލާރު އެފަދަ ދުވަހެއް ދެކެން ބޭނުމެއްނޫން. ޔަނާ ފަންކާވެސް ތިކަން ހުއްޓައިލާ. ގާރީއަކަށް ވީ ދުވަހަކުން ގުރުއާންގެ މޫރިތި އަޑު އެހިޔަސް ހަމަ އޯކޭ..." އަލާޔާގެ ވާހަކަތަކުން ސަމަރުއާއި ރަދްވާ އަދި އެހެން ކުދިންވެސް ހިމޭންވިއެވެ.ރަދްވާއަށް ކުރި އަސަރަކުން ލޯ ތެމުނުއިރު އިސްޖެހުނީ ކީއްވެކަމެއް ނޭގުނެވެ.
"ކޮން އިރަކުން އޭނަގެ އަޑުން ގުރުއާން އަހަން ލިބޭނީ؟"
"އަދި ނޭގޭ...."
"އިންތިޒާރުގައި......." ޔަނާ އަލާޔާގެ އަތުގައި ހިފައިލިއެވެ."ކޮބާތަ ސަލާރު؟ އަހަރެމެންގެ ސަލާމް ބުނައްޗޭ..ބުނާތި ފޭންސްއޭ..."
"ގާރީ ސަލާރުއަށް ވާންދެން މަޑުކޮށްލާ. މިހާރު އޭނައަކީ ހަމަ އެކަނި ޖަނަވާރުންނަށް ބޭސްކުރާ ޑޮކްޓަރެއް. ޔަނާގެ ޕެޓްއެއް ބަލިވެއްޖެއްޔާ ޒިޔާރަތްކޮށްލައްޗޭ...." އަލާޔާ ދުފާރަތްކޮށްލަމުން ތެދުވުނެވެ."ޔަނާ ޑާލިން. ސީރިޔަސްކޮށް ތި ފެންޓަސީ ދުނިޔެއިން ނުކުމެ ހަމަ ބިމަށް ފައިބާ..މިރޭ ނިދަން އަރާއިރު މިހެން ވިސްނާތި. މިރޭ ނިދާގޮތަށް ކަށްވަޅުގައި ހޭލެވިއްޖެއްޔާ؟ ދުނިޔެއަށް އައީ ކީއްކުރަންހެއްޔޭ؟ މުލްކު ސޫރަތްވެސް މާނައާއެކު ކިޔަވައްޗޭ..."
"ޝުއާ. ސަލާރު ގާރީއަކަށް ވާންށޭ ބުނީމަ ގުރުއާން އަޑުއަހަން މިހާރުއްސުރެ ފަށަންވީ.........މުލްކު ސޫރަތް؟ އާނ އަޑުއަހާނަން..."
"ޕްރޮމިސް؟"
ޔަނާ ވައުދުވިއެވެ.
***
"ފައުންޑް އެންޑް ލޮސްޓް އަލްބަމް ކިޔަންވީ ކީއްވެތަ؟" އަލާޔާއާއި ސަލާރު ނިދަން އެނދުގައި އޮށޯވެލައިގެން ތިބިއިރު މަޑުމަޑު އައްޔަކުން ލޮލަށް ފިނިކަން ގެނެސްދެއެވެ."ފެނިގެއްލިދާ.....ސަލާރުއާއި އެނަން މާގުޅޭ އަސްލު. އަބަދުވެސް ފެނިފައި ގެއްލުނީވިއްޔަ.."
"ހަގީގަތުގައި އެ އަލްބަމްގައި އެއޮތީ މާޒީގައި އަހަންނަށް އަހަރެންގެ އާޒީން ގެއްލުނުގޮތް ކިޔާދީފައި. މިހާރު ލަވައެއް ހަދަން ވެއްޖެއްޔާ އިންނާނީ ލޮސްޓް އެންޑް ފައުންޑް........." ސަލާރު ބުމަ އަރުވައިލިއެވެ.
"ގެއްލި ފެނިދާ...."
"ހަހަ....."
"އަދި އެބައޮތް ވާހަކައެއް ބުނަން..."
ނުނިމޭ