ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ މަންމަ ޢަޒީޒާ އަޙުމަދު މިރޭ ނިޔާވެއްޖެއެވެ.

އުމުރުން 72 އަހަރުގައި ޢަޒީޒާ ނިޔާވީ، ފުއްޕާމޭގެ ބައްޔަކަށް ފަރުވާ ހޯއްދަވަނިކޮށް، އޭޑީކޭ ހޮސްޕިޓަލުގައެވެ.

ޢަޒީޒާއަކީ ނުރިއުރޭޑިއަންޓްގެ ބާނީ އަޙުމަދު ވަހީދުގެ އަނބިކަނބަލުންނެވެ. އަދި ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗް މުހައްމަދު ޝިޔާޒް (މޯހަން)އާއި ގައުމީ ވޮލީބޯލް ޓީމުގެ ނައިބު ރައީސް އިލްޔާސް ވަހީދުގެ މަންމައެވެ.

ޢަޒީޒާގެ ޖަނާޒާ އޮންނާނީ މިރޭ ފަތިސްނަމާދަށް ފަހު، އާސަހަރާގައެވެ.