14 Mar 2012, 11:27
އިނގިރޭސި ގައުމީ ޓީމުގެ ކޯޗުކަމަކީ ނުކުރެވޭ ވަރުގެ ވަޒީފާއެއް ނޫން ކަމަށާއި އެ މަގާމަށް އޭނާ އަށް ހުށަހަޅާތީވެ ވެސްޓް ބްރޮމްގެ ކޯޗު ހޮޑްސަން އުފާކުރާ ކަމަށް އޭނާ ބުނެފި އެވެ.
އިނގިރޭސި ގައުމީ ޓީމުގެ ކޯޗު ކަމުގެ މަގާމުން ފަބިއޯ ކަޕެއްލޯ ދުރުވުމުން، އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން މިހާރު ދަނީ އާކޯޗެއް ހޯދުމަށް މަސައްކަތް ކުރަމުން ނެވެ. ހޮޑްސަންގެ އިތުރުން އިނގިރޭސި ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމަށް ޓޮޓެންހަމްގެ ކޯޗު ހެރީ ރެޑްނެޕް ހޯދުމަށް ވެސް އިނގިރޭސި އެފްއޭ އިން މަސައްކަތް ކޮށްފައި ވެއެވެ.
"އެއްވެސް ވަޒީފާ އަކީ ނުވާނެ ކަމެއް ނޫން. އިނގިރޭސި ޓީމަކީ ވެސް ހުނަރުގެ ގޮތުން ބަލައިލިއަސް މޮޅު ޓީމެއް. އެކުޅުންތެރިން ލައިގެން އިނގިރޭސި ގައުމީ ޓީމެއްގެ ކޯޗުގެ މަގާމު ފުރުމަކީ އުނދަގޫކަމެއް ނޫން." ހޮޑްސަން ބުންޏެވެ.
ކުރިން ލިވަޕޫލްގެ ކޯޗުކަން ކޮށްދީފައިވާ ހޮޑްސަން، އެކުލަބުގެ ކޯޗުކަމުން ދުރުކުރީ އެދެވޭ ކާމިޔާބީއެއް ހޯދައި ނުދެވުމުން ނެވެ.