ރޭ ޔޫރަޕާ ލީގުގައި ކުޅުނު މެޗުތަކުގައި ޓީމުތަކުން ތިބީ ޔުކްރެއިންއާއެކު ކަމަށް ހާމަކޮށްފިއެވެ.

ރަޝިޔާ އިން ޔޫކުރެއިންގެ އެކި ހިސާބުތަކަށް ހަމަލާދެމުންދާއިރު، ޓީމުތަކުން ރޭ ވަނީ އެކަމާ ދެކޮޅުކަން ހާމަކޮށްފައެވެ.

ރޭ ޔޫރޮޕާ ލީގުގައި ބާސެލޯނާއާއި ނަޕޯލީ ބައްދަލު ކުރި މެޗު ފެށުމުގެ ކުރިން ދެ ޓީމުގެ ކުޅުންތެރިން ވެސް ވަނީ ހުދު ކުލައެއްގެ ބެނައެއްގައި ރަތް ކުލައިން "ސްޓޮޕް ވޯ" ޖަހާފައިވާ ބެނާއެއް ހިފައިގެން ތިބެ ހަނގުރާމަ ހުއްޓައިލަން ގޮވައިލަައިފައެވެ.

ސްލެވިއާ ޕްރެގިއުއިން ޔޫރޮޕާ ލީގުގައި ރޭ ފެނާބެންސްއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ސެލްވިއާގެ ކުޅުންތެރިން ތިބީ "ވީ ސްޓޭންޑް ވިތް ޔޫކްރެއިން" ޖަހައިފައިވާ ޖޯޒީއެއް ލައިގެންނެވެ.

ސްލެވިއާ ޕްރެގިއުއޭގެ ކުޅުންތެރިން ޔުކްރެއިންއާއެކު ތިބިކަން އަންގައިދޭ ޓީޝާޓުގައި

ރޭ އެޓަލަންޓާއިން ކުޅުނު މެޗުގައި އެ ޓީމަށް ކުޅޭ ޔުކްރެއިންގެ ކުޅުންތެރިޔާ ރުސްލަން ވަނީ ލަނޑު ޖެހުމަށްފަހު، އުފާ ފާޅުކުރުމުގެ ތެރޭގައި އޭނާގެ ޖާޒީ ދަށުން ލައިފައިވާ ޓީޝާޓެއް ދައްކައިލައިފައެވެ. އޭގައި ލިޔެފައިވަނީ "ނޯ ވޯ އިން ޔޫކްރެއިން" އެވެ.

ރަޝިޔާއިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ގިނަ ގައުމުތަކުން ދަނީ އެކަމާ ދެކޮޅަށް ބަސްބުނަމުންނެވެ. އަދި ރަޝިޔާއާއި އެ ގައުމަށް ވާގިވެރިވާ ގައުމުތަކަށް ވެސް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ.

އެޓަލަންޓާއިން ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު ރުސްލަން އުފާ ފާޅުކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބެއް ކަމުގައި ޗެލްސީގެ އޯނަރު ރޯމަން އަބްރަމޮވިޗް އިނގިރޭސި ވިލާތުގައި ދިރިއުޅުން އެގައުމުން ވަނީ މަނާކޮށްފައެވެ. އޭނާއަކީ ރަޝިޔާގެ ރައީސް ވްލަޑްމިއާ ޕޫޓިންގެ ވަރަށް އަރިސް މީހެއްކަން ވަނީ ފާހަގަކުރެވިފައެވެ.

އޭގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑުން ވަނީ ރަޝިޔާގެ ސްޕޮންސާޝިޕް ދޫކޮށްލައިފަކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އެ ޓީމުން ދޫކޮށްލާފައިވަނީ ރަޝިޔާގެ އެއާލައިން ކަމަށްވާ. އެއާރޯފްލޮޓްގެ ސްޕޮންސާއެވެ.