ފާއިތުވީ 24ގަޑިއިރު ތެރޭގައި މުޅި ރާއްޖެއިން ޓެސްޓްކުރި 3,374 ސާމްޕަލްގެ ތެރެއިން 628 މީހުން އަލަށް ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

މިދިޔަ 24ގަޑިއިރު ތެރޭގައި ރާއްޖެއިން ޓެސްޓްކުރީ 3،374 ސާމްޕަލެވެ. އޭގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވީ ޖުމްލަ 628 މީހުންނެވެ.

އަތޮޅުތެރޭގެ ރަށްރަށުން މިއަދު 501 މީހަކު ޕޮޒިޓިވްވެފައިވާއިރު ރިސޯޓުތަކުން ޕޮޒިޓިވްވީ 49 މީހުންނެވެ.

ރާއްޖެއިން މިއަދާ ހަމައަށް ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 168،124 އަށް އަރާފައެވެ.

އެކްޓިވް ކޭސްގެ ގޮތުގައި ރާއްޖޭގައި މިވަގުތު 15،380 މީހުން ތިބިއިރު އޭގެ ތެރެއިން 23 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެނދުމަތި ކޮށްގެންނެވެ.

އިއްޔެއާއި މިއަދު ސާމްޕަލް ނެގި އަދަދާ އަޅާ ބަލާއިރު މިއަދު ޕޮޒިޓިވްވި މިންވަރު ވަނީ ދަށްވެފައެވެ.