ކޮވިޑް ބައްޔަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު މަރުވެއްޖެއެވެ.

ކޮވިޑު ޖެހިގެން މިއަދު މަރުވީ އުމުރުން 97 އަހަރުގެ ދިވެހި އަންހެނެކެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ އެ އަންހެންމީހާ މަރުވީ އައްޑޫ ކޮވިޑް ފެސިލިޓީގައި އެނދުމަތި ކޮށްގެން ފަރުވާދެމުން ދަނިކޮށް ކަމަށެވެ. އެމީހާ މަރުވީ މިއަދު ހަވީރު 5:15ހާއިރުއެވެ.

މި މަރާއެކު މި ވަގުތާ ހަމައަށް ރާއްޖެއިން ކޮވިޑް ބަލީގައި މަރުވި މީހުންގެ ޖުމުލަ އަދަދު މިވަނީ 293އަށް އަރާފައެވެ.

ރާއްޖޭގައި މި ވަގުތު ވެސް އެކްޓިވް ކޭސްގެ އަދަދު 15،211ގައި ހުރިއިރު އޭގެ ތެރެއިން 25 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލްގައި އެނދުމަތި ކޮށްގެންނެވެ. ނަމަވެސް އޭގެ ތެރޭގައި ހާލު ސީރިއަސް މީހަކު ނެެތެވެ.