23 Feb 2022, 09:15
ޓައިޑްސް ކެފޭ ކައިރީ ހުރި ބިލްބޯޑެއްގައި އަލިފާން ރޯވެއްޖެއެވެ.
އެ ސަރަހައްދުގައި ހުރި މީހަކު "ސަން"އަށް ބުނީ އެ ބޯޑުގައި ރޯވެ، ގޭގެ އެތެރެއަށް ވެސް އަލިފާންގަނޑު ފެތުރިފައިވާކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އެ ސަރަހައްދުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުގެ ޓީމެއް ހަރަކާތްތެރި ވަމުން ދާކަމަށާއި، މިހާރު ވެސް ރޯވި ތަނުން ވަރަށް ބޮޑަށް ދުން އަރަމުން ދާކަން އޭނާ ފާހަގަ ކުރިއެވެ.
Tides cafe' kairee huri billboard eh gai roave an'dhamun dhaneepic.twitter.com/PHw9cYUTuJ
— Yameen (@duckeatsnaek)February 23, 2022
އެމްއެންޑީއެފް އިން ވެސް ވަނީ އެ ގޭގައި ރޯވެފައިވާކަމާއި، ފަޔާ އެންޑް ރެސްކިއު އިން ހަރަކާތްތެރި ވަމުން އަންނަކަން ކަށަވަރު ކޮށްދީފައެވެ. އިތުރު ތަފުސީލެއް ނުދެއްވައެވެ.