23 Feb 2022, 07:38
ކުޑައިރުން ފެށިގެން އަހަރުމެންނަށް ކުރަން އާދަވެފައިވާ ބައެއް ކަންކަމަކީ ނޭނގި ނަމަވެސް އަހަރުމެންގެ ސިއްޙަތަށް ގެއްލުން ލިބޭ ކަންކަމެވެ.
އެގޮތުން މި ލިޔުމުގައި އަލި އަޅުވާލަނީ ސިއްޙަތައް ގެއްލުންލިބޭ ފަސް އާދައަކަށެވެ.
1. އެއްފައި މައްޗަށް އަނެއްފައި ލައިގެން އިނުން
އެއްފައި މައްޗަށް އަނެއްފައި ލައިގެން އިނުމުން ލިބޭ ގެއްލުންތަކުގެ ވާހަކަ އެންމެ ފުރަތަމަ ދައްކަން ފެށުނީ 1999ގައި ކާއެއްޗެހި އެތެރެކުރާ ކުންފުންޏަކުންނެވެ. މިކަމާ ގުޅިގެން މީހުން ހޭލުންތެރި ކުރުވުމުގެ ގޮތުން "ދި ގްރޭޓް ކްރޮސް އައުޓް"ގެ ނަމުގައި ކެންޕެއިނެއްވެސް ވަނީ ފަށައިފައެވެ. ތަފާތު ދިރާސާތަކުން ދައްކާގޮތުގައި އެއްފައިމައްޗަށް އަނެއްފައި ލައިގެން އިނުމުގެ ސަބަބުން ލޭމައްޗަށްގޮސް، ނާރުތަކަށް ލޭދައުރުކުމުގައި ދަތިތަކެއްދިމާވެއެވެ.
2. ދަށް ކޮލެޓީގެ އައިނު އެޅުން
ޚަރަދު ކުޑަކުރުމުގެ ގޮތުން، އައިނު ހަދާ ކުންފުނިތަކުން އަގުހެޔޮ ޕްލާސްޓިކް ބޭނުންކޮށްގެން އައިނުހަދައެވެ. މިފަދަ ދަށް ކޮލެޓީގެ އައިނު ބޭނުންކުރުމުގެ ސަބަބުން އިރުން ފޮނުވާ ނުރައްކާތެރި އަލްޓްރާވައިލެޓް ރޭޒް ނުވަތަ ޔޫވީ ރޭޒް އަމާޒުވަނީ މީހާގެ ލޮލަށެވެ. ނަތީޖާއެއްގެ ގޮތުން ލޮލުގެ ފެނުން ފުސްވެ ކެންސަރަށްވެސް މަގުފަހި ކުރެއެވެ.

3. މާ ގިނައިން ފެންބުއިން
މާ ގިނައިން ފެން ބުއިމަކީވެސް ސިއްޙަތަށް ގެއްލުން ލިބޭ ކަމެކެވެ. ގިނައިން ހެލިފެލިވެ އަދި ކުޅިވަރުތަކުގައި ގިނައިން ޝާމިލްވެ އުޅޭނަމަ ފެން ގިނައިން ބޯންވާނެއެވެ. ނަމަވެސް ކިޑްނީ އަދި ކާޑިއޯވަސްކިއުލާ ނުވަތަ ހިތާއި ނާރުގެ މައްސަލައެއް އުޅޭނަމަ ފެން ބޯންވާނީ މަދުންނެވެ. އެންމެ ރަނގަޅު ގޮތަކީ ފެން ބޮވައިގަތުމުން ފެން ބުއިމެވެ.

4. މަސަތްކަތް ކުރާ މޭޒުގައި ކެއުން
ތަފާތުއެކި ވައްތަރުގެ މަސައްކަތްްކުރާ ތަންތަން ހުރެއެވެ. ނަމަވެސް އެތަންތަނަކީ ކެއުމަށް އެންމެ ރަނގަޅު ތަންތަނެއްނޫނެވެ. ސަބަބަކީ މަސައްކަތުގެ މާހައުލުގައި ބޭނުން ކުރާ މޭޒަކީ އެތައްބަޔަކު އަތްލާ އަދި ބޭނުންކުރާ އެއްޗަކަށްވާއިރު، އެ މޭޒުގައި ޖަރާސީމު އެކުލެވިގެން ވާނެއެވެ. މީގެ އިތުރުން ކާއެއްޗެހީގެ ވަސް ދުވުމުން އެކުގައި މަސަތްކަތްކުރާ މީހުންނަށް އުނދަގޫވާނެއެވެ. އެހެންކަމުން މަސަތްކަތްކުރާ މޭޒުގައި ކެއުމަކީ އެންމެ ރަނގަޅު ގޮތެއްނޫނެވެ.

5. ބަނޑުވަތަށް ނުވަތަ އެއްފަޅިއަށް އޮވެގެން ނިދުން
އަަހަރެމެންގެ ތެރެއިން ގިނަ މީހުން ނިދަނީ އެންމެ އަރާމުކޮށް އަދި އެންމެ އަވަހަށް ނިދޭނެގޮތަކަށް އޮވެގެންނެވެ. ނަމަަވެސް މިކަމުގެ ސަބަބުން ސިއްޙަތަށް ނޭދެވޭ އަސަރުތަކެެއްކުރެއެވެ. އެއްފަޅިއަށް އޮވެގެން ނިދުމުގެ ސަބަބުން ބުރަކައްޓަށް ތަދުވެ ފުއްޕާމޭގައި މައްސަލަތަކެއް ދިމާވެއެވެ. ބަނޑުވަތަށް އޮވެގެން ނިދުމުގެ ސަބަބުން ގައިގައިވާ ހުރިހާ ގުނަވަނަކަށް ބާރުކޮށް ނާރުތަކަށް ގެއްލުންލިބި، ހިތުގެ މައްސަލަތައްވެސް ދިމާވެއެވެ.