އުރީދޫ އިންދޭ ފިކްސްޑް ބްރޯޑްބޭންޑު ޚިދުމަތެއް ކަމުގައިވާ، ސުޕަނެޓުގެ ޚިދުމަތް ށ. މިލަންދޫގައި އިއްޔެ ދޭން ފަށައިފިއެވެ.

މިކަމާ ބެހޭ ގޮތުން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު، ހުސައިން ނިޔާޒް ވިދާޅުވީ މިއީ މިލަންދޫގެ ރައްޔިތުންނަށް ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ގުޅުން ބަދަހި ކުރުމަށް މިލަންދޫގެ ރައްޔިތުންނަށް ފަހިވާ ފުރުސަތެއް ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ ޚިދުމަތްތައް އަޕްގްރޭޑް ކުރަމުން، އެގޮތުން ދާދި ފަހުން އަޅުގަނޑުމެންގެ ހޯމް ބްރޯޑްބޭންޑް ޕެކޭޖްތައް ވަނީ އަލުން އެކުލަވާލެވިފައި. ބޮޑެތި ޑޭޓާ އެލަވަންސްތަކާއި، ހަލުވި ސްޕީޑްތަކާއި، ޑޭޓާ ރޯލްއޯވާ ޚިދުމަތް އެކުލެވޭ މި ޕެކޭޖުތަކަަކީ ބާޒާރުގަައި އެންމެ ރަަނގަޅު ޕެކޭޖްތަައް،" ނިޔާޒް ވިދާޅުވިއެވެ.

އުރީދޫގެ ސުޕަނެޓު ޚިދުމަތަކީ ސިކުންތަކު 100 މެގަބިޓާ ހަމައަށް ހަލުވި ޚިދުމަތެކެވެ. އެ ޚިދުމަތަށް ދާދި ފަހުން ގެނެވުނު ބަދަލުތަކާއެކު، ފަސްގުނަ އިތުރު ދުވެއްޔާއި، 100 ޕަސެންޓު އިތުރު ޑޭޓާ ލިބޭނެއެވެ.

މީގެ އިތުރުން، "ޑޭޓާ ރޯލްއޯވާ" ޚިދުމަތާއެކު، މަސް ނިމޭއިރު، ބޭނުން ނުކުރެވި ހުންނަ ޑޭޓާ އަނެެއް މަހަށް ގެންދެވޭނެއެވެ.

އުރީދޫގެ ސުޕަނެޓު ޚިދުމަތަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދަމުން އަންނަ، އިތުބާރު ހިފޭ ޚިދުމަތެކެވެ.