21 Feb 2022, 22:21
ގިނަ ދުވަސްތަކަކަށްފަހު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވާން ފަށާފައިވާއިރު, ވޭތުވެދިޔަ 24 ގަޑިއިރު އެ ބަލި ޖެހިފައިވަނީ 656 މީހުނަށް ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
އެޗްޕީއޭއިން ކޮންމެ ދުވަހަކު ވެސް އާންމުކުރާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 656 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 4191 ސާމްޕަލް ޓެސްޓްކޮށްގެންނެވެ.
އޭގެ ތެރެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ އަތޮޅުތެރެއިންނެވެ. އެ އަދަދަކީ 497 އެކެވެ. މާލެ ސަރަހައްދުން 1161 ސާމްޕަލް ޓެސްޓްކޮށްފައިވާއިރު ޕޮޒިޓިވްވެފައިވަނީ 79 މީހުނެވެ. ރިސޯޓްތަކުން 48 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ރާއްޖެއިން މިއަދާ ހަމައަށް ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 165,729އަށް އަރާފައެވެ.
އެކްޓިވް ކޭސްގެ ގޮތުގައި ރާއްޖޭގައި މިވަގުތު 14،988 މީހުން ތިބިއިރު އޭގެ ތެރެއިން 23 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްގައި އެނދުމަތި ކޮށްގެންނެވެ.