20 Feb 2022, 22:25
ފާއިތުވީ 24ގަޑިއިރު ތެރޭގައި މުޅި ރާއްޖެއިން ޓެސްޓްކުރި 3,996 ސާމްޕަލްގެ ތެރެއިން 844 މީހުން އަލަށް ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
މިދިޔަ 24ގަޑިއިރު ތެރޭގައި މާލެއިން ޓެސްޓްކުރީ 1,018 ސާމްޕަލެވެ. އޭގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވީ 104 މީހުންނެވެ.
އަތޮޅުތެރޭގެ ރަށްރަށުން މިއަދު 670 މީހަކު ޕޮޒިޓިވްވެފައިވާއިރު ރިސޯޓުތަކުން ޕޮޒިޓިވްވީ 38 މީހުންނެވެ.
މުޅި ރާއްޖެއިން އިއްޔެ 3,365 ސާމްޕަލް ޓެސްޓްކޮށްގެން ޕޮޒިޓިވްވީ 648 މީހުންނެވެ. އިއްޔެއަށްވުރެ މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު އިތުރުވީ ގިނަ ސާމްޕަލްތަކެއް ޓެސްޓްކޮށްފައިވާތީއެވެ.
ރާއްޖެއިން މިއަދާ ހަމައަށް ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 165,073އަށް އަރާފައެވެ.
އެކްޓިވް ކޭސްގެ ގޮތުގައި ރާއްޖޭގައި މިވަގުތު 15،053 މީހުން ތިބިއިރު އޭގެ ތެރެއިން 24 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެނދުމަތި ކޮށްގެންނެވެ.