20 Feb 2022, 00:12

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި މިއަދު ކުރިއަށްދިޔަ ރަސް އަލް ޚައިމާ (ރަކް) ހާފް މެރެތަންގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވާދަކުރަށްވައިފިއެވެ.
ޓީއެފްޖީގެ ފަރާތުން 21 ކިލޯމީޓަރުގެ ހާފް މެރެތަން ދުއްވަވައި މެޑަމް ފަޒްނާ ރޭސް ކާމިޔާބުކުރެއްވީ ދެ ގަޑިއިރާ 14 މިނިޓުންނެވެ.
ރަކް ހާފް މެރެތަން އަކީ ދުނިޔޭގެ އެކި ގައުމުތަކުން ގިނަ އެތުލީޓުންތަކެއް ބައިވެރިވެގެން ކުރިއަށްގެންދާ ދުވުމެކެވެ. އެގޮތުން މި އަހަރުގެ މެރެތަންގައި 4000 އެތުލީޓުން ބައިވެރިވެފައިވެއެވެ.
ރަކް ހާފް މެރެތަންގައި އެންމެ ފުރަތަމަ ރޭސް ނިންމައި 10 މީހަކަށް ފައިސާގެ އިނާމު ހުށަހެޅިފައިވެއެވެ. އެގޮތުން އެންމެ ފުތަރަމަ ރޭސް ނިންމާ މީހަކަށް 50،000 ދިރުހަމު، ދެވަނައަށް ރޭސް ނިންމާ މީހަކަށް 35،000 ދިރުހަމު އަދި ތިންވަނައަށް ރޭސް ނިންމާ މީހަކަށް 25،000 ދިރުހަމުގެ އިނާމެއް ހުށަހަޅާފައިވެއެވެ.