ރައްޔިތުންގެ މަޖިލީހުގެ، ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު ޕީޕީއެމް އަށް ސޮއިކުރައްވައިފި އެވެ.

އޭނާ ޕީޕީއެމް އަށް ސޮއިކުރެއްވިކަން ސަން އަށް މިއަދު ކަށަވަރުކޮށް ދެއްވީ ޕީޕީއެމްގެ އިންތިގާލީ ނާއިބު ރައީސް އުމަރު ނަސީރެވެ.

އުމަރު ވިދާޅުވީ މަސީހު ޕީޕީއެމް އަށް ސޮއި ކުރެއްވީ މިދިޔަ ހަފުތާގައި ކަމަށެވެ. ނަމަވެސް މަސީހު ޑީއާރުޕީން ވަކިވެވަޑައިގެން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު އިސް ދައުރެއް އަދާ ކުރައްވާ، ޕީޕީއެމް އަށް ބަދަލުވެވަޑައިގަތީ ކީއްވެގެން ކަމެއް ވިދާޅެއް ނުވެ އެވެ.

މަސީހު ފޯނަށް ޖަވާބު ނުދެއްވާތީ އޭނާ ޕާޓީ ބަދަލުކުރެއްވީ ކީއްވެގެން ކަން ވަނީ ސާވުވާ ގޮތް ނުވެފަ އެވެ.

މަސީހާ އެކު، ޕީޕީއެމްގައި ރައްޔިތުންގެ މަޖިލީހުގެ 16 މެންބަރުން ތިއްބަވާނެ އެވެ.

ޕީޕީއެމަކީ ތިން ވަނަ އަށް އެންމެ ބޮޑު ޕާޓީއެވެ.