ކ. މާފުށީ ޖަލުގައި މަސައްކަތްކުރާ ޖަލު އޮފިސަރުންނާއި މުވައްޒަފުން ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފަށައިގެން ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ޕްރޮގްރާމާބެހޭ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން ބުނީ އެ ޕްރޮގްރާމްގެ ބޭނުމަކީ މާފުށީ ޖަލުގައި މަސައްކަތް ކުރާ ހުރިހާ އޮފިސަރުންނާއި މުވައްޒަފުންނަކީ ވެސް ގާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި، މަސައްކަތު މާހައުލުގައި އެ މައުލޫމާތުގެ ބޭނުން އެންމެ ފުރިހަމަ ގޮތެއްގައި ހިފާ ބަޔަކަށް ހެދުން ކަމަށެވެ.

މި ޕްރޮގްރާމްގައި މާފުށީ ޖަލުގެ 27 އަންހެން އޮފިސަރުންނާއި 113 ފިރިހެން އޮފިސަރުން ވަނީ ބައިވެރިވެފައެވެ.

މާފުށީ ޖަލު އޮފިސަރުން، ގާނޫނު ތަކަށް އަހުލުވެރި ކުރުވުން --- ފޮޓޯ/ ކަރެކްޝަން

މި ޕްރޮގްރާމްގެ ބައިވެރިންނަށް ގާނޫނާއި ގަވާއިދުތަކާބެހޭ މައުލޫމާތު ދެނީ އެމްސީއެސްގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސްގެ މުވައްޒަފުންނެވެ.

ކަރެކްޝަނުން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.