ގދ. ތިނަދޫގައި މާރާމާރީއެއް ހިންގުމުގެ ސަބަބުން އަނިޔާވި އެކަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން ބުނީ، އެރަށުގައި މާރާމާރީއެއް ހިންގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ މިރޭ 9:30 ވާން އުޅެނިކޮށް ކަމަށެވެ.

މާރާމާރީގައި ހިމެނޭ މީހުންގެ އަދަދެއް ފުލުހުން ހާމައެއް ނުކުރެއެވެ. ނަމަވެސް ދިވެހި ފިރިހެނަކަށް އަނިޔާ ވެގެން ހޮސްޕިޓަލަށް ގެންގޮސްފައި ވާކަމަށް ފުލުހުން ބުންޏެވެ.

"މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ނުވޭ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން،" ފުލުހުން ބުންޏެވެ.

މިރޭ ހުޅުމާލޭގައިވެސް މާރާމާރީއެއް ހިންގާފައިވެއެވެ.

ވައްކަމުގެ މައްސަލައެއްގައި، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީ ހިންގައި، ބަޔަކު ވަނީ ޒަހަމު ކޮށްލައިފައެވެ.

އެ ހާދިސާގައި ތިން ބިދޭސީ ފިރިހެނަކަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.