18 Feb 2022, 22:27
ފާއިތުވި 24 ގަޑިއިރު ތެރޭގައި ޓެސްޓްކުރި 2,823 ސާމްޕަލްގެ ތެރެއިން 607 މީހުން އަލަށް ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
މިދިޔަ 24 ގަޑިއިރު ތެރޭގައި ނެގި ސާމްޕަލްތަކުގެ ތެރެއިން މާލެ ސަރަހައްދުން ނެގި ސާމްޕަލްގެ އަދަދު އެޗްޕީއޭއިން މިއަދު ވަކިން ހާމައެއް ނުކުރެއެވެ.
ރާއްޖެއިން މިއަދާ ހަމައަށް ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 163,581އަށް އަރާފައެވެ.
އެކްޓިވް ކޭސްގެ ގޮތުގައި ރާއްޖޭގައި މިވަގުތު 15،368މީހުން ތިބިއިރު އޭގެ ތެރެއިން 28 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެނދުމަތި ކޮށްގެންނެވެ.
އިއްޔެއާއި މިއަދު ސާމްޕަލް ނެގި އަދަދާ އަޅާ ބަލާއިރު މިއަދު ޕޮޒިޓިވްވި މިންވަރު ވަނީ ދަށްވެފައެވެ. ނެގި ސާމްޕަލް ތަކުގެ އަދަދުވެސް ދެގުނަ ދަށެވެ. އިއްޔެ 4،411 ސާމްޕަލް ނަގާފައި ވާއިރު، މިއަދު ނަގާފައި ވަނީ 2،823 ސާމްޕަލެވެ.
ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 147،910 މީހުން މިބަލިން ރަނގަޅު ވެފައި ވާއިރު، 290 މީހަކު ވަނީ ބަލީގައި މަރުވެފައެވެ.