18 Feb 2022, 15:59
ޅ. ހިންނަވަރ މަގު ހެދުމުގެ އަަމަލީ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އިން ފަށައިފިއެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ އެ މަޝްރޫއުގައި 7125 ކިލޯ މީޓަރުގެ 18 މަގެއް މަގެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވޭނެކަމަށް އާރްޑީސީގެ މެނޭޖިން ޑައިރެކްޓަރު މުސާ އަލިމަނިކު (މޫކޭ) "ސަން"އަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރިީ 540 ދުވަހުގެ ތެރޭގައި ނިންމުމަށްކަމަށެވެ. މީގެ އިތުރުން މޫކޭ ވިދާޅުވީ އެ މަސައްކަތް ކުރެވޭނީ އެންމެ ޒަމާނީ ފެންވަރުގައި ކަމަށެވެ.
"އަޅުގަނޑުމެންގެ މަސައްކަތް މިކުރަނީ ޒަމާނީކޮށް މަގުހެދުމަށް. މި ރަށުގެ މަގު ހަދައިނިމޭއިރު މަގު ބައްތި ހަރުކުރުމާއި މަގުބައްތިއަށް ބޭނުންވާ ކަރަންޓު ކޭބަލް އެޅުންވެސް ކުރިޔަށް ގެންދާނެ" މުކޭ ވިދާޅުވިއެވެ.
އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ މިއަދު ވަނީ ޅ. ހިންނަވަރަށް ވަޑައިގެން އެ ރަށުގެ މަގު ހެދުމުގެ މަސައްކަތް ފަށްޓަވާ ދެއްވާފައި.#ޓީމްއާރުޑީސީpic.twitter.com/uzXguQdRa7
— Road Development Corporation Ltd (@rdcmaldives)February 17, 2022
މޫކޭ ވިދާޅުވީ ހިންނަވަރުގެ މަގު ހެދުމުގެ މަސައްކަތްކޮށް ނިމުމާއެކު އެ ރަށުގެ ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ލިބޭނެކަމަށެވެ. އެގޮތުން އެ ރަށަކީ މަގުތަކުގައި ވަރަށް ބޮޑަށް ފެންހެދޭ ރަށަކަށްވުމުން މަގު ހެދުމުގެ މަސައްކަތާއެކު އެ މައްސަލައަށް ހައްލެއް ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.
އާރްޑީސީއާއި އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ އަށްވަނަ ދުވަހުއެވެ. އެ މަޝްރޫއުގެ އަގަކީ 122،048،704.17 މިލިއަން ރުފިޔާއެވެ.