މި އަހަރުގެ ހޫނުގަދަ ދުވަސްވަރާ ދިމާކޮށް ސްޓެލްކޯއިން ކުރިއަށް ގެންދާ 'އެނާޖީ ސޭވިން ކެމްޕެއިން'ގެ ދަށުން މިރޭ ކްލަބްހައުސްގައި ސެޝަނެއް ބާއްވަން ސްޓެލްކޯއިން ނިންމައިފިއެވެ.

އެ ކުންފުނިން ކުރި ޓްވީޓެއްގައި ބުނީ "މޫސުމާއި ކަރަންޓުބިލަށް އަންނަ ބަދަލު" މި މައުޟޫގެ ދަށުން މިރޭ ބާއްވަން ހަމަޖެހިފައިވަނީ އެއް ގަޑިއިރުގެ ސެޝަނެއް ކަމަށެވެ. އަދި އެ ސެޝަންގައި ޕެނަލިސްޓުންގެ ގޮތުގައި ހަރަކާތްތެރިވާނީ އެ ކުންފުނީގެ އިލްމީ ތަޖުރިބާކާރުން ކަމަށް ވެސް އެ ޓްވީޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން މިރޭ ބާއްވަން ހަމަޖެހިފައިވާ ސެޝަންގައި ބައިވެރިންނަށް ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށާއި މިފަދަ ގިނަ ސެޝަންތައް ކުރިއަށް ރޭވިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.