މަންޓާ އެއާއިން އަންނަ ބުރާސްފަތި ދުވަހު އައްޑޫ ސިޓީގެ ގަމަށް ދަތުރުތައް ފަށަން ނިންމައިފިއެވެ.

މަންޓާ އެއާއިން "ސަން" އަށް ބުނީ، އައްޑުއަށް ދަތުރުތައް ފެށުމުން ކޮންމެ ދުވަހަކު ވެސް މާލެއާއި އައްޑޫއާ ދެމެދު އެއް ފްލައިޓް އޮންނާނެ ކަމަށެވެ.

ހޮނިހިރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހަކު މާލެއިން ފުރާނީ 11:20 ގައި ކަމަށާއި ހޮނިހިރު ދުވަހު ފުރާނީ ހެނދުނު 8:55 ގައި ކަމަށް މަންޓާ އިން މައުލޫމާތު ދިނެވެ.

މީގެ އިތުރުން ގަމުން މާލެއަށް ކުރާ ދަތުރު، ހޮނިހިރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހަކު ފުރާނީ 2:45 ގައެވެ. އަދި ހޮނިހިރު ދުވަހު ފުރާނީ 2:15 ގައެވެ.

މަންޓާ އެއާއިން އައްޑުއަށް ކުރާ ދަތުރުތަކުގެ ޓިކެޓްގެ އަގު ފެށެނީ 1،450 ރުފިޔާއިންނެވެ.

މީގެ ކުރިން މަންޓާ އެއާއިން ދަތުރު ކުރަމުން ދިޔައީ ކުޑަހުވަދޫއާއި ދަރަވަންދުއަށެވެ.