ކުރީގެ ދިވެހިބަހާއި ތާރީހަށް ޙިދުމަތްކުރާ ގައުމީ މަރުކަޒުގެ ރައީސް މއ. އެއިމޭ، އަހްމަދު ނަސީރު މާގާމުގެ ނުފޫޒު ބޭނުންކުރައްވައި ވަކި ފަރާތަކަށް ނާޖާއިޒް ފައިދާ ހޯދަދިން ކަމަށް ބެލެވޭ މައްސަލައެއްގައި އެނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕޮރޮސެކިއުޓާ ޖެނަރަލް އޮފީހަށް އެންޓިކޮރަޕްޝަން ކޮރަޕްޝަން ކޮމިޝަން (އޭސީސީ ) އިން ހުށަހަޅައިފި އެވެ.

އެސީސީން މިއަދު ބުނެފައިވަނީ އަހްމަދު ނަސީރުގެ މައްޗަށް ދައުވާ ކުރަން ނިންމާފައިވަނީ ދިވެހި ބަހާއި ތާރީހަށް ހިދުމަތްކުރާ މަރުކަޒުން މިއުޒިއަމް ޕްލޭނާގެ މަސައްކަތާއި އައިސީޓީ ކޮންސަލްޓެންޓްގެ މަސައްކަތް ހަވާލުކުރުމުގައި ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދަދިނުމަށް މަސައްކަތް ކޮށްދެއްވާފައިވާ ކަމަށް ބެލެވޭ މައްސަލައަކާއި ކޮމިޝަނުގެ އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލައެއްގައި ކަމަށެވެ.

އޭސީސީން ބުނި ގޮތުގައި ދިވެހި ބަހާތާރީހަށް ހިދުމަތްކުރާ މަޒުކަރުޒުން ކޮށްފައިވާ އިއުލާނަކާއި ގުޅިގެން މިއުޒިޔަމް ޕްލޭނާގެ މަސައްކަތަށާއި އައިސީޓީ ކޮންސަލްޓަންޓްގެ މަސައްކަތައް ބިޑު ހުށަހެޅި ފަރާތްތަކުގެ ބިޑުތައް އިވިލުއޭޓް ކުރި ކޮމެޓީން އެންމެ ދަށް އަގު ހުށަހެޅި ފަރާތައް މަސައްކަތް ހަވާލު ކުކުރުމަށް ނިންމާފައިވަނިކޮށް އެންމެ ބޮޑު އަގު ހުށަހަޅާފައިވާ ފަރާތައް މަސައްކަތް ހަވާލު ކުރުމަށް އެ މަރުކަޒުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ނަސީރު ނިންމާފައިވާ ކަމަށެވެ.

އެ ގޮތަށް ނިންމަވައި އުވިލިއޭޝަން ޝީޓްގެ ކަނުގައި ސޮއިކުރައްވާ ރައީސް އޮފީހުގެ ލަފަޔަކަށް އެދި ނަސީރު ރައީސް އޮފީހަށް ސިޓީ ފޮނުވި ކަމަށް ބުނެފައިވާއިރު އެ ސިޓީގައި އިވެލުއޭޝަން ކޮމިޓީން ނިންމި ގޮތެއް އަދި ޕްރޮޕޯޝަލް ހުށަހެޅި ފަރާތްތަކަށް މާކްސް ލިބިފައިވާގޮތް ބުނެދެއްވާފައި ފައިނުވާ ކަމަށް އޭސީސީން ބުނެފައިވެ އެވެ.

އަދި އެންމެ ބޮޑު އަގު ހުށަހެޅި ފަރާތްތަކަށް މަސައްކަތް ދިނުމަށް ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެ އެކަމަށް ބޭނުންވާ ފައިސާ ލިބޭނެ ގޮތް ހައްދަވާދިނުމަށް އެދިވަޑައިގެންފައިވާއިރު މަސައްކަތް ދިނުމަށް ނިންމި މީހަކީ އަހްމަދު ނަސީރާއި ގާތް ގުޅެމެއް އޮތް މީހެއްކަން ފަރާތްތަކުގެ ހެކިބަހުން ސާބިތުވާ ކަމަށްވެސް އޭސީސީން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން މިކަން ހިނގާފައިވާ ގޮތައް ބެލުމަށްފަހު އެކަން ހިނގާފައިވަނީ މާލިއްޔަތު ގާވާއިދުގެ 8.20 އާ ހިލާފަށް ކަމަށްވާތީ އެ ގަވާއިދާއި އެއްގޮތަށް އަމަލު ކުރުމަށް ދިވެހިބަހާއި މަރުކަޒަށް އަންގާފައިވާ ކަމަށްވެސް އޭސީސީން ބުންޏެވެ.

އެ މަރުކަޒުގެ އޭރުގެ ރައީސް ނަސީރު މިއުޒިއަމް ޕްލޭނަރެއްގެ މަސައްކަތަށާއި އައިސީޓީ ކޮންސަލްޓެންޓްގެ މަސައްކަތްތަކަށް ފާރާތްތައް ހޯދަން ކުރެއް އިއުލާނާއި ގުޅިގެން ހުށަހެޅުނު އަންދާސީ ހިސާބުތައް ބާތިލުކޮށް އޭގެ ފަހުން މިއުޒިއަން ޕްލޭނަރެއްގެ މަގާމަށް މީހަކު ހޯދުމަށް އިއުލާން ކޮށްފައިވަނީވެސް އޭސީސީގެ ގާނޫނާއި ހިލާފަށް ކަމަށް އެ ކޮމިޝަނަށް ސާބިތުވާކަމަށް ވެސް ވަނީ ބުނެފަ އެވެ.