ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ލިސްބަން ސްޕޯޓިންގެ މައްޗަށް މެންޗެސްޓާ ސިޓީއިން ތަފާތު ބޮޑު ނަތީޖާއަކުން ކުރި ހޯދައިފިއެވެ.

މިރޭ ލިސްބަންގެ ދަނޑުގައި ކުޅުނު މެޗު ސިޓީއިން ކާމިޔާބު ކުރީ 5-0ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ފުރަތަަމަކޮޅު ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ހަމަހަމަކުޅުމެކެވެ. އެ ގޮތުން މެޗުގެ ތިންވަނަ މިނެޓުގައި ސްޕޯޓިންއަށް ލަނޑުޖަހާނެ ރަނގަޅު ފުުރުސަތެއް ވެސް ލިބި ބޭނުން ނުހިފި ދިޔައެވެ.

މެޗުގެ ހަތްވަނަ މިނެޓުގައި ކެވިން ޑިބްރޫނާ ނަގައިދިން ހުރަހެއް ގޯލުގެ ތެރެއަށް ފޮނުވާލާ އެ ޓީމަށް ލީޑު ނަގައިދިނީ ރިޔާދު މަހްރޭޒްއެވެ.

ސިޓީގެ އެ ގޯލަށް ފަހު ވެސް ސްޕޯޓިންއިން ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރިއެވެ. ނަމަވެސް މާ ނުރައްކާތެރި ހަމަލާއެއް އެ ޓީމަކަށް ކްރިއޭޓެއް ނުކުރެވުނެވެ.

މެޗުގެ 17ވަނަ މިނެޓުގައި ސިޓީގެ ލީޑު ފުޅާކޮށްދިނީ ބެނާޑޯ ސިލްވާއެވެ. ސްޕޯޓިންގެ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ބާރު ހަމަލާ މަތީ ދަނޑީގައި ޖެހިފައި ވަނީ ގޯލަށެވެ.

ދެވަނަ ލަނޑަށް ފަހު ވެސް ފުލުފުލުގައި ސިޓީން ދިޔައީ ހަމަލާތައް އުފައްދަމުންނެވެ. ނަތީޖާއަކަށްވީ މެޗުގެ 32ވަނަ މިނެޓުގައި މަހްރޭޒް ނަގައިދިން ހުރަހަކުން ފިލް ފޮޑެން އެ ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދިނުމެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީން އެ ޓީމުގެ ހަތަރުވަނަ ގޯލު ވެސް ކާމިޔާބު ކުރިއެވެ. ސިޓީއަށް ލީޑު ފުޅާކޮށްދިނީ ބެނާޑޯ ސިލްވާއެވެ. އޭނާ އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ ސްޕޯޓިންގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ވަނީ ގޯލަށެވެ.

ގޯލު ޖެހުމަށް ފަހު ބެނާޑޯ ސިލްވާ އުފާފާޅުކުރަނީ --

މެޗުގެ ފުރަތަމަ ހާފު ނިމުނީ 4-0އިން ސިޓީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ސިޓީން އެ ޓީމުގެ ލީޑު ފުޅާކޮށް ފަސްވަނަ ގޯލު ޖެހިއެވެ. ހިތްގައިމު ގޯލަކާއެކު މެޗުގެ 58ވަނަ މިނެޓުގައި ސިޓީއަށް ލީޑު ފުޅާކޮށްދިނީ ރަހީމް ސްޓާލިންނެވެ.

އޭރިއާ ބޭރުން ސްޓާލިން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ދާގަނޑަށެވެ.

އެއަށްފަހު ސިޓީއަށް ގޯލެއް ނުޖެހުނު ނަމަވެސް ގިނަ ހަމަލާތަކެއް މެޗުގައި އުފެއްދިއެވެ. މެޗު ނިމުނީ 5-0ގެ ނަތީޖާއަކުން ސްޕޯޓިންގެ މައްޗަށް ސިޓީން ކުރި ހޯދައިގެންނެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި މިރޭ ރެއާލް މެޑްރިޑްގެ މައްޗަށް ޕީއެސްޖީން 1-0ގެ ނަތީޖާއަކުން ކުރި ހޯދިއެވެ. އެ މެޗުގައި އެ ޓީމުގެ ހަމައެކަނި ލަނޑު ޖަހައިދިނީ އިތުރުވަގުތުގެ ފަހު މިނެޓުގައި ކައިލިއަން އެމްބާޕޭއެވެެ.

ޗެމްޕިއަންސް ލީގުގެ ރައުންޑް އޮފް 16ގައި މާދަމާ ރޭ ރާއްޖެ ގަޑިން މެންދަމު އެކެއް ޖަހާއިރު ނުކުންނާނީ ސޭލްސްބާގްއާއި ބަޔާން މިއުނިޗް ބައްދަލު ކުރާނެއެވެ. އަދި ހަމަ އެ ގަޑީގައި ލިވަޕޫލްއާއި އިންޓަ މިލާން ބައްދަލު ކުރާނެއެވެ.