ޗެމްޕިއަންސް ލީގުގެ ރައުންޑް އޮފް 16ގައި މިރޭ ރެއާލް މެޑްރިޑާއި ޕީއެސްޖީ ބައްދަލުކުރި މެޗު ޕީއެސްޖީން ކާމިޔާބުކޮށްފިއެވެ.

ޕީއެސްޖީގެ އަމިއްލަ ދަނޑުގައި މިރޭ ކުޅުނު މެޗުން އެ ޓީމު ރެއާލުގެ މައްޗަށް ކުރި ހޯދީ 1-0ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަމައެކަނި ގޯލު އިތުރުވަގުތުގެ ފަހު މިނެޓުގައި ޖެހީ ކައިލިއަން އެމްބާޕޭއެވެ.

މެޗުގެ ފަސްވަނަ މިނެޓުގައި އެމްބާޕޭ ނަގައިދިން ހުރަހެއް ހުސްކޮށް ހުރެ އެންޖަލް ޑިމާރިއާ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިމަތިން ބޭރަށެވެ.

މެޗުގެ ކުރީކޮޅު ބޯކޮށް ވާރޭ ވެހެމުންދިޔައިރު، ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ޕީއެސްޖީންނެވެ. ލިބުނު ފުރުސަތުތަކުގައި އެޓޭކް ކުރަން ރެއާލުން ވެސް މަސައްކަތް ކުރި ނަމަވެސް މާ އެދެވޭ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ.

މެެޗުގެ 18ވަނަ މިނެޓުގައި ވަރަށް ރީތިކޮށް ހުސްކޮށްލައިފައި ލިއޮނަލް މެސީ ދިން ބޯޅައެއް އެމްބާޕޭއަށް މާ ރަނގަޅަށް ފޮނުވާލެވޭ ގޮތެއް ނުވިއެވެ.

މެޗުގެ 29ވަނަ މިނެޓުގައި ރެއާލުގެ ވިނީޝިއަސް ޖޫނިއާއަށް ޑިމާރިއާ ކުރި ފައުލަކާ ގުޅިގެން ރެއާލް މެޑްރިޑަށް ރަނގަޅު ހިސާބަކުން ހިލޭ ޖެހުމެއް ލިބުނެވެ. އެހެެން ނަމަވެސް އެ ހިލޭޖެހުމުގެ ބޭނުން މާ ރަނގަޅަަށް ހިފޭގޮތެއް ނުވިއެވެ.

މެޗުގެ 32ވަނަ މިނެޓުގައި ރެެއާލުގެ އޭރިއާ ތެރެއިން ޑޭވިޑް އަލަބާ ކައިރިން ނައްޓާލުމަށްފަހު މެސީ ގޯލަށް ފޮނުވާލަން މަސައްކަތްކުރި ނަމަވެސް ބޯޅަ މާ ރަނގަޅަށް ފޮނުވާލެވޭ ގޮތެއް ނުވިއެވެ.

މެޗުގެ 37ވަނަ މިނެޓުގައި ޕީއެސްޖީގެ ލިއެންޑްރޯ ޕަރަޑޭސް ބޯޅަ ހިފައިގެން ދަނިކޮށް ކަސަމީރޯ ކުރި ފައުލަކާ ގުޅިގެން ރެފްރީ އޭނާއަށް ރީނދޫ ކާޑެއް ދެއްކިއެވެ.

މެޗުގެ 40ވަނަ މިނެޓުގައި ރެެއާލުގެ ކަސަމީރޯއަށް މާކޯ ވެރާޓީ ކުރި ފައުލަކާ ގުޅިގެން އޭނާއަށް ރެފްރީ ރީނދޫ ކާޑެއް ދެއްކިއެވެ.

މެޗުގެ 45ވަނަ މިނެޓުގައި ޓޯނީ ކުރޫސް ނަގައިދިން ކޯނަރެއް އަލަބާ ފޮނުވާލި ނަމަވެސް ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު ދެ ޓީމުންކުރެ އެއްޓީމަކަށް ވެސް ލަނޑެއް ނުޖެހެއެވެ.

ދެވަނަ ހާފު ފަށައިގެން ފުލުފުލުގައި ޕީއެސްޖީން ދިޔައީ ރެއާލުގެ ގޯލަށް ނުރައްކާކުރަމުންނެވެ.

މެޗުގެ 50ވަނަ މިނެޓުގައި އަޝްރަފް ހަކީމީ ދިން ބޯޅައެއް ރެއާލުގެ ގޯލު އޭރިއާ ތެރޭ ހުރެ އެމްބާޕޭ ފޮނުވާލި ނަމަވެސް ރެއާލުގެ ކީޕަރު ތިބައުޓް ކޯޓްވާ އެ ބޯޅަ މަތަކުރިއެވެ. ރީ ބައުންސަށް އެ ބޯޅަ ނުކުތުމުން މެސީ ފޮނުވާލި ނަމަވެސް ދިޔައީ ގޯލު ދަނޑިމަތިން ބޭރަށެވެ.

މެޗުގެ 52ވަނަ މިނެޓުގައި އެމްބާޕޭއަށް ކުރި ފައުލަކާ ގުޅިގެން ރެއާލްގެ އެޑާ މިލިޓާއޯއަށް ރެފްރީ ރީނދޫ ކާޑެއް ދެއްކިއެވެ.

މެޗުގެ 53ވަނަ މިނެޓުގައި އެމްބާޕޭ ދިން ބޯޅައެއް އޭރިއާ ބޭރުން މެސީ ފޮނުވާލި ނަމަވެސް ކޯޓްވާ އެ ހަމަލާ މަތަކުރިއެވެ.

މެޗުގެ 54ވަނަ މިނެޓުގައި ވިނިޝިއަސް ދިން ބޯޅައެއް ގޯލު އޭރިއާ ބޭރުން ބާރު ހަމަލާއެއް ކްރޫސް ފޮނުވާލި ނަމަވެސް އެ ބޯޅަ ދިޔައީ ގޯލު ދަނޑިމަތިން ބޭރަށެވެ.

މެޗުގެ 57ވަނަ މިނެޓުގައި ޑަނީލޯއަށް ކުރި ފައުލަކާ ގުޅިގެން ފާލަން މެންޑީއަށް ރެފްރީ ރީނދޫ ކާޑެއް ދެއްކިއެވެ.

މެޗުގެ 61ވަނަ މިނެޓުގައި ރެއާލްގެ އޭރިއާ ތެރެއިން އެމްބާޕޭ ބޯޅަ ހިފައިގެން ދަނިކޮށް ޑެނީ ކާވަޖަލްކުރި ފައުލަކާ ގުޅިގެން ޕީއެސްޖީއަށް ޕެނަލްޓީއެއް ލިބުނެވެ. އެހެން ނަމަވެސް މެސީ ފޮނުވާލި އެ ޕެނަލްޓީ ރެއާލްގެ ކީޕަރު ކޯޓްވާ ހުށިޔާރުކަމާއެކު ދިފާއު ކުރިއެވެ.

މެޗުގައި ޕީއެސްޖީއަށް ލިބުނު ޕެނަލްޓީ ފޮނުވާލީ މެސީ، އެހެން ނަމަވެސް ރެއާލުގެ ކީޕަރު ކޯޓްވާ އެ ބޯޅަ މަތަކުރި --

މެޗުގެ 72ވަނަ މިނެޓުގައި ރެއާލުން ދެ ބަދަލެއް ކުރިއެވެ. ކާވަޖަލްގެ ބަދަލުގައި ލޫކަސް ވަޒްކޭޒް އަދި މާކޯ އެސެންސިއޯގެ ބަދަލުގައި ރޮޑްރިގޯ ކުޅެން ނުކުތެވެ.

މެޗުގެ 72ވަނަ މިނެޓުގައި ޑިމާރިއާގެ ބަދަލުގައި ނޭމާ ކުޅެން އެރިއެވެ.

ކުޅެން ނުކުމެ ނޭމާއަށް ލިބުނު ފުރަތަމަ ފުރުސަތުގައި އަލަބާ ކުރި ފައުލަކާ ގުޅިގެން ރަނގަޅު ހިސާބަކުން ޕީއެސްޖީއަށް ހިލޭޖެހުމެއް ލިބުނެވެ. މެސީ ފޮނުވާލި އެ ހިލޭޖެހުން ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ.

މެޗުގެ 77ވަނަ މިނެޓުގައި ރެއާލުގެ އޭރިއާ ތެރެއިން އެމްބާޕޭ ފޮނުވާލި ބޯޅަ ދިޔައީ ގޯލު ކުރިމަތިން ހުރަސްވެ ބޭރަށެވެ.

މެޗުގެ 82ވަނަ މިނެޓުގައި ރެއާލުން ދެ ބަދަލެއް ގެނައެވެ. ވިނީޝިއަސް ޖޫނިއާގެ ބަދަލުގައި އެޑެން ހަޒާޑް ކުޅެން ނުކުތްއިރު ލުކާ މޮޑްރިޗްގެ ބަދަލުގައި ކުޅެން ނުކުތީ ވަލްވާޑޭއެވެ.

މެޗުގެ 87ވަނަ މިނެޓުގައި ރެއާލުގެ ކެޕްޓަން ބެންޒެމާގެ ބަދަލުގައި ގެރެތު ބޭލް ކުޅެން ނުކުތެވެ. އަދި ޕީއެސްޖީގެ ޑެނީލޯގެ ބަދަލުގައި އިދްރީސަގޭޔަ ކުޅެން އެރުވިއެވެ.

މެޗުގެ 90ވަނަ މިނެޓުގައި އެމްބާޕޭ ގޯލު ކުރިމައްޗަށް ބޯޅައެއް ހުސްކޮށްލަދިން ނަމަވެސް އެ ބޯޅައިގެ ބޭނުން ހިފާނެ ޕީއެސްޖީގެ ކުޅުންތެރިއަކު އޭރިއާ ތެރެއަކު ނެތެވެ.

މެޗުގެ 90 މިނެޓު ހަމަވެ އިތުރުވަގުތުގެ ފުރަތަމަ މިނެޓުގައި ކްރޫސްއަށް ކުޅި ފައުލަކާ ގުޅިގެން ޕަރަޑޭޒްއަށް ރެފްރީ ރީނދޫ ކާޑެއް ދެއްކިިއެވެ.

އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ނޭމާ ބެކްހީލްއަކުން ދިން އެސިސްޓެއްގައި، ރެއާލްގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އެމްބާޕޭ ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ކަނަށެވެ.

އެ ގޯލާއެކު މެޗު ނިމުނީ 1-0ގެ ނަތީޖާއަކުން ޕީއެސްޖީ މެޗު ކާމިޔާބު ކޮށްގެންނެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގައި މިރޭ މެންޗެސްޓާ ސިޓީއާއި ސްޕޯޓިން ބައްދަލު ކުރި މެޗު ނިމުނީ 5-0ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރި ހޯދައިގެންނެވެ.

ޗެމްޕިއަންސް ލީގުގެ ރައުންޑް އޮފް 16ގައި މާދަމާ ރޭ ރާއްޖެ ގަޑިން މެންދަމު އެކެއް ޖަހާއިރު ނުކުންނާނީ ސޭލްސްބާގްއާއި ބަޔާން މިއުނިޗް ބައްދަލު ކުރާނެއެވެ. އަދި ހަމަ އެ ގަޑީގައި ލިވަޕޫލްއާއި އިންޓަ މިލާން ބައްދަލު ކުރާނެއެވެ.