13 Mar 2012, 12:40
އެމެރިކާގެ ކޮންގްރެޝަނަލް ސްޓާފް ވަފްދުގެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ބައްދަލުކުރައްވައިފި އެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، އެމެރިކާ އާއި ރާއްޖެއާ ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް ރަޙްމަތްތެރި ގުޅުމުގެ މައްޗަށް ބައްލަވާލައްވައި، ބައިނަލްއަގުވާމީ މައިދާނުގައި އެމެރިކާ އިން ރާއްޖެ އަށް ދެއްވާ އެހީތެރިކަމަށް ޓަކައި ރައީސް ޝުކުރު އަދާކުރެއްވި އެވެ.
މިބައްދަލުކުރެއްވުމުގައި ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙާބެހޭ މައުލޫމާތާއި، ސިޔާސީ މަސްރަޙުގައި ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރެއްވުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކާ ބެހޭ މައުލޫމާތު އެވަފްދުގެ ބޭފުޅުންނާ ރައީސް ހިއްސާކުރެއްވި އެވެ. އަދި މި ސަރުކާރުން ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދަވާނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.