ފާއިތުވީ 24ގަޑިއިރު ތެރޭގައި މުޅި ރާއްޖެއިން ޓެސްޓްކުރި 4,061 ސާމްޕަލްގެ ތެރެއިން 1,037 މީހުން އަލަށް ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

މިދިޔަ 24ގަޑިއިރު ތެރޭގައި މާލެއިން ޓެސްޓްކުރީ 1,252 ސާމްޕަލެވެ. އޭގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވީ 136 މީހުންނެވެ.

އަތޮޅުތެރޭގެ ރަށްރަށުން މިއަދު 828 މީހަކު ޕޮޒިޓިވްވެފައިވާއިރު ރިސޯޓުތަކުން ޕޮޒިޓިވްވީ 41 މީހުންނެވެ.

ރާއްޖެއިން މިއަދާ ހަމައަށް ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 161,113އަށް އަރާފައެވެ.

އެކްޓިވް ކޭސްގެ ގޮތުގައި ރާއްޖޭގައި މިވަގުތު 15،782މީހުން ތިބިއިރު އޭގެ ތެރެއިން 30 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެނދުމަތި ކޮށްގެންނެވެ.

އިއްޔެއާއި މިއަދު ސާމްޕަލް ނެގި އަދަދާ އަޅާ ބަލާއިރު މިއަދު ޕޮޒިޓިވްވި މިންވަރު ވަނީ ދަށްވެފައެވެ.

އެގޮތުން އިއްޔެ ނެގި ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ 25 ޕަސެންޓުގެ މީހުންނެވެ. އަދި މިއަދު ނެގި ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވެފައި ވަނީ ވެސް 25 ޕަސެންޓެވެ.

މީގެ އިތުރުން، އިއްޔެ މާލެ ސަރަހައްދުން ޕޮޒިޓިވްވި މިންވަރު 11 ޕަސެންޓުގައި ހުރިއިރު މިއަދު މި އަދަދު ވަނީ 11 ޕަސެންޓުގައި ހިފެހެއްޓިފައެވެ.