16 Feb 2022, 15:11
ލަވަކިޔުންތެރިޔާ އަހުމަދު ޝާދިންގެ ފުރަތަމަ ފުލް ކަވާ 'ސާދަވިލޭރޭ'ގެ ޓީޒާ ބެލުންތެރިންނާ ހަމައަށް ދޫކޮށްލައިފިއެވެ.
"ސަން"އާ ވާހަކަދައްކަމުން ޝާދިން ބުނީ މިލަވަ ވަރަށް އަވަހަށް ބެލުންތެރިންނަށް ފެންނާނެކަމަށާއި ފުރަތަމަ ނެރޭނީ ލަވައިގެ ވީޑިއޯކަމަށެވެ. އަދި މި ލަވައިގައި ބެލުންތެރިންނަށް ޚާއްސަ ސަޕްރައިޒެއް އިންނާނެކަމަށްވެސް އޭނާ ބުންޏެވެ.
"އަސްލު މީ ޝާދިންގެ ފުރަތަމަ ފުލް ކަވާ. މީ ޝާދިން އެކަނި ކިޔާ ފުރަތަމަ ލަވަ. ކުރިން ހުންނާނީ ކުރު މެޝްއަޕް އެއްޗިސް ހަދާފަ،" ޝާދިން ބުންޏެވެ.
މި ލަވައިގެ މިއުޒިކް ހަދާފައިވަނީ ޓޮނިކް ލައިވް ސްޓޫޑިއޯއިންނެވެ. އަދި ވީޑިއޯ ހަދާފައިވަނީ އާރޯބް ސްޓޫޑިއޯއިންނެވެ.
"ވަރަށް ބޮޑަށް ޝުކުރުއަދާކޮށްލަން ބޭނުން ހުރިހާ ރަހުމަތްތެރިންނަށް. ދެން ތޭރަވާއަށާއި ކުޑައިއްބެއަށްވެސް ޝުކުރުއަދާކޮށްލަން ބޭނުން،" ޝާދިން ބުންޏެވެ.
ޝާދިންއަކީ އަރަމުން އަންނަ ޒުވާން ލަވަކިޔުންތެރިއެކެވެ. އޭނާގެ ލަވަތަކަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.