މިރޭ ފެށުމަށް ހަމަޖެހިފައިވާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް މެޗުތައް މީޑިއާނެޓުގެ ޗެނަލްތަކުން ބެލޭނެއެވެ.

އެ ކުންފުނިން ބުނީ ޗެނަލް ނަންބަރު 881، "ސޮނީ ޓެން 1 އެޗްޑީ" އާއި ޗެނަލް ނަންބަރު 892 "ސޮނީ ޓެން 2 އެޗްޑީ" އިން އެ ލީގުގެ މެޗުތައް ވަގުތުން ބަލައިލެވޭނެ ކަމަށެވެ.

އެހެން އަހަރުތަކޭ އެއްފަދައިން، މިއަހަރުގެ ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ވެސް ފޯރިގަދަ މެޗުތަކެއް ވަނީ ތާވަލުކުރެވިފައެވެ. އެގޮތުން، އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރާ މެޗަކީ ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމް، ރެއާލް މެޑްރިޑާއި، ގިނަ ތަރިންތަކެއް ހިމެނޭ ޕީއެސްޖީ ބައްދަލުކުރާ މެޗެވެ.

މި މެޗު ވާނީ ރެއާލާ ވާދަވެރި ބާސެލޯނާއަށް ކުރިން ކުޅުނު މެސީ، ޕީއެސްޖީގެ ޖޯޒީގައި އެ ޓީމާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗަށެވެ. އަދި، ރެއާލް މެޑްރިޑުގެ ކެޕްޓަނުގެ ގޮތުގައި ތިން ފަހަރު މި މުބާރާތް ކާމިޔާބުކުރި ސާޖިއޯ ރާމޯސް އެ ޓީމާ ވާދަކުރާ ފުރަތަމަ ފަހަރު ވެސްމެއެވެ.

މީގެ އިތުރުން އިޓަލީގެ ޗެމްޕިއަން އިންޓަ މިލާނާއި، 19/20 ސީޒަނުގެ ޗެމްޕިއަން ލިވަޕޫލް ވާދަކުރާ މެޗަކީ ވެސް ބަލާ ހިތްވާކަހަލަ މަންޒަރުތަކެއް ފެންނާނެ މެޗެކެވެ.

މީޑިއާނެޓުގެ ހިދުމަތް ހޯއްދަވާ ފަރާތްތަކަށް މިމެޗުތައް އެމްއެސްޓީވީ ނުވަތަ އެމްއެސް ލައިޓް މެދުވެރިކޮށް ބަލައިލެވޭނެއެވެ. އަދި މީޑިއާނެޓުގެ އެމްއެސް އެޕް މެދުވެރިކޮށް ފޯނުން ވެސް ބަލައިލެވޭނެއެވެ.

ފޯރިގަދަ މެޗެއް ނުބަލާ ދޫކޮށްލެވިއްޖެ ނަމަ، "ސްޓާޓް އޯވާ" ނުވަތަ "ކެޗް އަޕް" ފީޗާ މެދުވެރިކޮށް އަލުން ބަލައިލުމުގެ ފުރުސަތު ވެސް ލިބޭނެއެވެ.