ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.

ރައީސްގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންނެވީ މި މަހު 10ވަނަ ދުވަހުއެވެ.

ރައީސްގެ ދެ ކަނބަލުން އެންމެ ފަހުން ރަސްމީ ދަތުރުފުޅެއް ކުރެއްވީ މިިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު އަވަށްޓެރި ސްރީލަންކާ އަށެވެ. ހަތަރު ދުވަހަށް ކުރެއްވި އެ ދަތުރުފުޅަކީ އައު އަހަރާ ގުޅިގެން ކުރެއްވި ދަތުރުފުޅެކެވެ.

ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ވަޑައިގެންނެވި ސަބަބެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.