ފާއިތުވީ 24ގަޑިއިރު ތެރޭގައި މުޅި ރާއްޖެއިން ޓެސްޓްކުރި 5،042 ސާމްޕަލްގެ ތެރެއިން 1,015 މީހުން އަލަށް ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

މިދިޔަ 24ގަޑިއިރު ތެރޭގައި މާލެއިން ޓެސްޓްކުރީ 1,651 ސާމްޕަލެވެ. އޭގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވީ 182 މީހުންނެވެ.

އަތޮޅުތެރޭގެ ރަށްރަށުން މިއަދު 728 މީހަކު ޕޮޒިޓިވްވެފައިވާއިރު ރިސޯޓުތަކުން ޕޮޒިޓިވްވީ 44 މީހުންނެވެ.

ރާއްޖެއިން މިއަދާ ހަމައަށް ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 160,818އަށް އަރާފައެވެ.

އެކްޓިވް ކޭސްގެ ގޮތުގައި ރާއްޖޭގައި މިވަގުތު 15،818މީހުން ތިބިއިރު އޭގެ ތެރެއިން 29 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެނދުމަތި ކޮށްގެންނެވެ.

އިއްޔެއާއި މިއަދު ސާމްޕަލް ނެގި އަދަދާ އަޅާ ބަލާއިރު މިއަދު ޕޮޒިޓިވްވި މިންވަރު ވަނީ ދަށްވެފައެވެ.

އެގޮތުން އިއްޔެ ނެގި ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ 20 ޕަސެންޓުގެ މީހުންނެވެ. އަދި މިއަދު ނެގި ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 25 ޕަސެންޓެވެ.

މީގެ އިތުރުން، އިއްޔެ މާލެ ސަރަހައްދުން ޕޮޒިޓިވްވި މިންވަރު 13 ޕަސެންޓުގައި ހުރި ނަމަވެސް މިއަދު މި އަދަދު ވަނީ 11 ޕަސެންޓަށް ތިރިވެފައެވެ.