އިންޑިއާ ސަރުކާރުން ސިފައިންގެ ސެނެހިޔާ ހޮސްޕިޓަލަށް ސިއްހީ ސާމާނުތަކެއް ހަދިޔާ ކޮށްފިއެވެ.

އިންޑިއާއިން ހަދިޔާކުރި ސިއްހީ ސާމާނު ހަވާލު ކުރުމުގެ ރަސްމިއްޔާތު މިއަދު ބޭއްވީ ބަންޑާރަ ކޮށީގައެވެ. ދިވެހި ސަރުކާރުގެ ފަރާތުން އެ ތަކެއްޗާ ހަވާލުވެވަޑައިގަތީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއެވެ.

އިންޑިއާ ސަރުކާރުގެ ފަރާތުން އެ ތަކެތި ދިވެހި ސަރުކާރާ ހަވާލު ކުރެއްވީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އެ ގައުމުގެ ޑިފެންސް ސެކްރެޓަރީ އަޖޭ ކުމާރުއެވެ.

އިންޑިއާއިން މިއަދު ހަދިޔާކުރި ސިއްހީ ސާމާނުގެ ތެރޭގައި ހިމެނެނީ އިމަޖެންސީ ހާލަތްތަކުގައި ބޭނުންކުރާނެ އާލާތްތަކެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އާއި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޚަލީލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފުގެ އިތުރުން އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި މިވަގުތު ރާއްޖެ ވަޑައިގެން އުޅުއްވައި އިންޑިއާ އަސްކަރިއްޔާގެ އިސް ވަފުދުގެ ބޭފުޅުންގެ އިތުރުން ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންވަނީ ވަނީ ބައިވެރިވެވަޑައިގެންފައެވެ.