ޔުއޭފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ފުރަތަަމަ ލެގުގެ މެޗުތައް މާދަމާ ރޭ ފަށާނެއެވެ.

މާދަމާ ރޭ ގަދަ 16 ގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޕެރިސް ސެއިންޓަ ޖާމަން (ޕީއެސްޖީ) އަދި ރެއާލް މެޑްރިޑެވެ. ރެއާލްއަކީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި ވެސް އެންމެ ކާމިޔާބު ޓީމެވެ.

މި ދެ ޓީމު ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފަައިވަނީ މާދަމާ ރޭ ރާއްޖޭ ގަޑިން 1:00 ގައެވެ.

ދެ ވަނަ މެޗުގައި ބައްދަލުކުރާނީ ސްޕޯޓިން ސީޕީ އާއި މެންޗެސްޓާ ސިޓީއެވެ. މި މެޗުވެސް ފަށާނީ ރާއްޖޭ ގަޑިން މާދަމާ ރޭ 1:00 ގައެވެ.

ގަދަ 16 ގައި 17 ވަނަ ދުވަހުގެ ރޭ ބައްދަލުކުރާނީ އެފްސީ ސަލްސްބާގް އާއި ބަޔާން މިޔުނިކްއެވެ. އަދި އެރޭގެ ދެ ވަނަ މެޗުގައި ބައްދަލުކުރާނީ އިންޓާ އަދި ލިވަޕޫލްއެވެ. މި ދެ މެޗުވެސް ފެށުމަށް ހަމަޖެހިފައިވަނީ އެރޭގެ 1:00 ގައެވެ.

ގަދަ 16 ގައި އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ އަދި ލީލް އޮލިމްޕިކް ސްޕޯޓިން ކުލަބް ބައްދަލުކުރާ މެޗު އޮންނާނީ މި މަހުގެ 23 ވަނަ ދުވަހުގެ ރޭ 1:00 ގައެވެ. ވިލަރެއާލް އަދި ޖުވެންޓަސް ބައްދަލުކުރާ މެޗުވެސް އޮންނާނީ އެރޭގެ 1:00 ގައެވެ.

ގަދަ 16 ގެ ފަހު މެޗުތައް ކުޅުމަށް ހަމަޖެހިފައި އޮތީ 24 ވަނަ ދުވަހުއެވެ. އެރޭގެ ފުރަތަމަ މެޗުގައި އެތުލެޓިކޯ މެޑްރިޑް ނިކުންނާނީ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ. އަދި ދެ ވަނަ މެޗުގައި ބެނެފިޝިއާ ނިކުންނާނީ އަޖެކްސްއާ ދެކޮޅަށެވެ.

ޗެމްޕިއަންސް ލީގުގެ ދެ ވަނަ ލެގުގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަަނީ މާޗު މަހުގެ ނުވަ ވަނަ ދުވަހުއެވެ.