14 Feb 2022, 21:35
މާލޭގެ ގެއަކުން ވައްކަން ކުރިކަމުގެ ތުހުމަތުގައި ދެމީހަކު ހޯދަން ފުލުހުން ވީޑިއޯ އާއްމު ކޮށްފިއެވެ.
ފުލުހުން އާއްމުކުރި ވީޑިއޯއިން އެންމެ ފުރަތަމަ ފެންނަނީ ފެހި ކުލައިގެ ގަމީހެއް ލައިގެން ހުރި މީހެއްގެ ކޮނޑަށް މައިލޯ ދަޅު ކޭހެއް ކަމަށް ބެލެވޭ އެއްޗެއް ލައިގެން ޕޭވްމެންޓް މަތީން ހިނގާފައި އަންނަ މަންޒަރެވެ.
އެއަށްފަހު ދެން ފެންނަނީ އެ މީހާގެ ފަހަތުން، މެރޫން ކުލައިގެ ފަޓްލޫނަކާއި މަޑު ނޫ ކުލައިގެ ގަމީހެއް ލައިގެން ހުރި މީހަކު ހިނގާފައިދާ މަންޒަރެވެ.
#policemvappeal
މާފަންނު ގެއަކުން ވައްކަންކޮށްފައިވާ މައްސަލައަކާ ގުޅިގެން ދެމީހަކު ހޯދަނީ
ވީޑިއޯއިން ފެންނަ ދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ މާފަންނު ޕޮލިސްގެ ނަންބަރު 9660183 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެން.https://t.co/ClGh4oKXcfpic.twitter.com/MSQkeIGR1s— Maldives Police (@PoliceMv)February 14, 2022
ފުލުހުން ބުނީ ވީޑިއޯއިން ފެންނަ ދެ މީހުންނަކީ ޑިސެމްބަރު 20، 2021 ވަނަ ދުވަހުގެ ވަގުތެއްގައި މ. ރެއްޗަފަރު ގެއިން ވައްކަންކޮށްފައިވާ ކަމުގެ ތުހުމަތުގައި މާފަންނު ޕޮލިސްސްޓޭޝަނުން ކުރަމުން އަންނަ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ނުހޯދިފައިވާ ދެމީހުން ކަމަށެވެ.

ގެއަކުން ވައްކަން ކުރި ކަމުގެ ތުހުމަތަށް ފުލުހުން ހޯދައި ދެމީހުންގެ ތެރެއިން މީހެއް ---
އެހެންކަމުން ވީޑިއޯއިން ފެންނަ ދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ މާފަންނު ޕޮލިސްސްޓޭޝަންގެ ނަންބަރު 9660183އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ.