އިނގިރޭސި ވަލީއަހުދު ޕްރިންސް ޗާލްސްގެ އަނބިކަނބަލުން ކެމީލާ، ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މިކަން އެ ދެމަފިރިން ދިރިއުޅުއްވާ ކްލޭރެންސް ހައުސް އިން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

މިދިޔަ އަންގާރަދުވަހު ޕްރިންސް ޗާލްސްވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިއީ ޗާލްސް ކޮވިޑަށް ޕޮޒިޓިވްވި ދެވަނަ ފަހަރެވެ.

ކެމީލާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު އޭނާ ވަނީ ގިނަ ބައްދަލުވުންތަކަށް ހާޒިރުވެފައެވެ.

ކެމީލާގެ ހާލުކޮޅާބެހޭ އިތުރު ތަފްސީލެއް ކްލޭރެންސް ހައުސް އިން ދީފައެއް ނުވެއެވެ. ނަމަވެސް ކެމީލާ މިވަގުތު ހުންނެވީ އައިސޮލޭޝަންގައި ކަމަށް ވަނީ ބުނެފައެވެ.

ޕްރިންސް ޗާލްސް ކޮވިޑަށް ޕޮޒިޓިވްވުމާއެކު ރާނީ އެލިޒަބެތުގެ ހާލުކޮޅާ މެދުވެސް ސުވާލު ވަނީ އުފެދިފައެވެ. ނަމަވެސް ޝާހީ ގަނޑުވަރުން އެކަމާގުޅޭ އިތުރު ތަފްޞީލެއް ދެއްވާފައެއް ނުވެއެވެ.