އުރީދޫ މޯލްޑިވްސްގެ ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް މިއަދު އިންޓަނެޓް ބޭނުން ކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އުރީދޫއިން ބުނީ އެ ކުންފުންޏަށް އިންޓަނެޓް ފޯރުކޮށްދެމުން އަންނަ ބައިނަލްއަގްވާނީ ކުންފުނީގެ ނެޓްވޯކު އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިއަދު ކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން އެ މަސައްކަތް ހިނގަމުންދާ ވަގުތުގައި އިންޓަނެޓް ބޭނުން ކުރާ ފަރާތްތަކަށް ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށްވެސް ބުންޏެވެ.

"މަސައްކަތް ކުރަމުން މި އަންނަނީ ވީ އެންމެ އަވަހަކަށް މަސައްކަތް ނިންމައި ހިދުމަތް ފޯރުކޮށްދިނުމަށް،" އުރީދޫ އިން ބުންޏެވެ.

ނެޓްވޯކް އަޕްގްރޭޑިންގެ މަސައްކަތް ކުރިއަށްދާ ވަގުތުގައި ކަސްޓަމަރުންނަށް ކުރިމަތިވެދާނެ ދަތިތަކަށް އުރީދޫއިން މައާފަށް އެދެއެވެ.